އެސްޓީއޯއަށް ގެނައި އަލުވި ފިޔާ ބިހުގެ އާ ޝިޕްމަންޓް މާލޭގަ ހޯލްސޭލްކުރަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
އެސްޓީއޯއަށް ގެނައި އަލުވި ފިޔާ ބިހުގެ އާ ޝިޕްމަންޓް މާލޭގަ ހޯލްސޭލްކުރަން ފަށައިފި

އެސްޓީއޯއަށް އަލުވި، ފިޔާ އަދި ކުޅު ބިހުގެ އައުޝިޕްމަންޓެއް ގެނެސް ސްޕަމާޓުން ރީޓޭލްކޮށް މާލެ އިންޑަސްޓްރިއަލް އޭރިއާގައި ހުންނަ ގުދަނުން ހޯލްސޭލްކުރަން ފަށާފައިވާ ކަމަށް އެސްޓީއޯ ސްޕަމާޓޫން ބުނެފިއެވެ.

ރާއްޖެއަށް ފަހުގެ ތާރީޚޫގައި ކުރިމަތިވި އެންމެ ދަތި ރޯދަ މަސް އައިސް ޖެހެން މިހައި ގާތްވެފައިވާއިރުވެސް އަދިވެސް ރާއްޖެ ތެރެއިން ހެޔޮ އަގުގައި މިބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސިކަން އެނގޭކަށް ނެތެވެ.

ރާއްޖެތެރޭގައި މާލެ އާއި އެއް އަގުގައި އެޚިދުމަތް ފުރަތަމަ ތަޢާރަފް ކުރެވުނީ ޝާހިދު (މިހާރު އެމްޕީއެލްގެ އެމްޑީ) ގެ އެމްޑީކަމުގައެވެ. އެޚިދުމްތަ ފުރިހަމަ ގޮތުގައި ދޭން ފެށުނީ އާދަމް ޢާޒިމް (މިހާރު އެމްޓީސީސީގެ ސީއީއޯ)ގެ އެމްޑީ ކަމުގައެވެ. އެއިގެ ފަހުން މިއަހަރާއި ހަމައަށް އެ ޚިދުމަތްވަނީ ދީފައެވެ. އެއިރު އެސްޓީއޯ އިން މާ ދަތިޙާލުގައި ކުރަމުން އައި ކަމެއް މާފަސޭހައިން ކުރެވޭނެ ގޮތް މިއަދު ފަހިވެފައި އޮތްއިރު ވެސް ނުކުރުމުން އެއީ "އޯގާތެރިކަން" ތޯ ގިނަ ބައަކު ސުވާލުކުރެއެވެ.

މިވަގުތާއި ހަމައަށް އެސްޓީއޯ އިން ރީޓްވީޓްކޮށްފައިވަނީ ސްޕަމާޓުގެ މިޓްވީޓެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯގެ އެޖެންޓުން ތިބި އިރުވެސް ރަށްރަށަށް ފޮނުވައި ފަޤީރުންނަށް ހެޔޮ އަގުގައި ވިއްކުމާއި ބެހޭ އެއްވެސް ވާހަކައެއް ޓްވީޓެއް ނުކުރެއެވެ!

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއިއެކު ޚިދުމަތް ދޭން ކަމަށް ވައުދުވެ ވެރިކަން ލިބުމުން އެއްބައަކު ނިކަމެތި ކުރުމަކީ އެކަމަށް ޖަވާބުދާރީވާން ﷲ ގެ ޙަޟްރަތުގައި ޖެހޭނެ ކަމެކެވެ!

މިއަދު އޮންލައިން