ޑެންގޫއިން ރައްކާތެރިވެތިބުމަށް މަސައްކަތްކުރަން އިލްތިމާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ޑެންގޫއިން ރައްކާތެރިވެތިބުމަށް މަސައްކަތްކުރަން އިލްތިމާސްކޮށްފި

ކޮންމެ އަހަރެއްގެ ވެސް އެޕްރިލް މަހުން ޖޫން މަހާއި ހަމައަށް ޑެންގޫ ފެތުރިގަންނަކަން ފާހަގަކޮށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މަދިރިން ރައްކާތެރިވެ ތިބުމަށް މަސައްކަތްކުރަން އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ. 

މިގޮތުން އެޗްޕީއޭ އިން ވަނީ ސާފުތާހިރުކަމަށް އިސްކަންދީގެން މަދިރި އުފެދިދާނެ ހުރިހާ ތަނެއް ނައްތާލުމަށް އެދިފައެވެ. 

މިއީ މިފަދަ ވަގުތަކު ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެއްކަން އެންމެންވެސް ޤަބޫލުކޮށް އެމީހެއްގެ ބެލުމުގެދަށުގައި ހުރި މަދިރި އުފެދޭ ތަންތަން ވީހައި ރަނގަޅަކަށް ބެލެހެއްޓުމަކީ މިފަދަ ވަގުތެއްގައި ކޮންމެ މީހެއްގެ ވެސް އަދާކުރަންޖެހޭނެ ފަރުދީ ޒިންމާއެވެ. "ކޮރޯނާ މުޞީބާތުގެ މައްޗަށް ޑެންގޫ" އެރުމުގެ ފުރުޞަތު ނުދޭން އެންމެން މަސައްކަތްކުރަން ޖެހެއެވެ. އެންމެންގެ ސަލާމަތަށެވެ!

މިއަދު އޮންލައިން