މަދީނާގަ ކޮވިޑަށް ފަރުވާ ހޯދަމުންދާ އަންހެނަކަށް ލިބުނު ދަރިފުޅުގެ ޞިއްހަތު މުޅިން ރަނގަޅު! އަލްޙަމްދުލިﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
މަދީނާގަ ކޮވިޑަށް ފަރުވާ ހޯދަމުންދާ އަންހެނަކަށް ލިބުނު ދަރިފުޅުގެ ޞިއްހަތު މުޅިން ރަނގަޅު! އަލްޙަމްދުލިﷲ

މަދީނާގެ ހޮސްޕިޓަލެއްގައި ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ގެންދާ އަންހެނަކު ވިހައިފި ކަމަށާއި ދަރިފުގެ ޙާލު މުޅިން ރަނގަޅު ކަމަށް ޑޮކްޓަރުން ބުނެފިއެވެ. 

"ޢުމަރު"ގެ ނަމުން ނަންދީފައިވާ މިކުއްޖާ މިދިއަ ބުރާސްފަތި ދުވަހު ވިހާފައިވަނީ މްދީނާގައި ދިރިއުޅޭ އަފްޣާނިސްތާނަށް ނިޞްބަތްވާ އަންހެނެކެވެ. އޭނާގެ ކިބައިން ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނުމުން އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވަނީ މާރިޗް މަހުގެ 30 ވަނަ ދުވަހުއެވެ. 

މިއީ ކޮރޯނާ ވައިރަސް ޖެހިފައިވާ އަންހެނަކަށް ސައުދިޢަރަބިޔާގައި ލިބުނު ފުރަތަމަ ދަރިފުޅެވެ.

މިއަދު އޮންލައިން