އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 20 މިލިއަން ޑޮލަރު ގެ ލޯނު އެހީއެއް ދޭން ނިންމައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން އޮފިޑް އިން ރާއްޖެ އެހީދޭން ނިންމާފައިވަނީ އެ ޖަމިއްޔާއިން އިއްޔެ ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ.
މި ލޯނު ދީފައިވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ހީނަރުކަމުގެ ސަބަބުން ހާއްސަކޮށް ޓޫރިޒަމް ސިނާއަތުގެ ހުއްޓުމަކަށް އައުމާ ގުޅިގެން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމުގެ ބޭނުމުގައި ކަމަށް އޮފިޑް ބުނެފައިވެއެވެ.
ރާއްޖޭގެ އިތުރުން އެހެން ގައުމުތަކަށް 390 މިލިއަން ރުފިޔާ ދޭނެ އޮފިޑް އިން ވަނީ ނިންމާފައެވެ.