ކޮރޯނާ ވައިރަސް އާއި ގުޅިގެން ސާމްޕަލް ނަގަން ބޭނުންވާ މައުލޫމާތު ހޯދަން އެޗްޕީއޭގެ އެންގުންތައް އަންގާނީ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުންނާ ރަސްމީ ވަސީލަތްތަކުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ފަތުރާ ޞައްޙަ ނޫން މައުލޫމާތަށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭ އިން މިފަދަ ބަހެއް ބުނެފައިވަނީ ކޮރޯނާގެ ޙާލަތާއި ގުޅުވައިގެން އެޗްޕީއޭގެ ނަމުގައި ފޯނުކޮށް މައުލޫމާތު ހޯދަން އުޅުމުގެ އިތުރުން ލިލީ ސްޓޯރާއި ބެހޭ ގޮތުން މިއަދު ޞައްޙަ ނޫން މެސެޖުތަކެއް ފެތުރުމުން ބޮޑެތި އޮޅުންތަކެއް އަރާފައިވާ ވަގުތެއްގައެވެ.
We will be requesting information for contact tracing either through our official social media accounts or via the relevant government procedures in place.
— Health Protection Agency (@HPA_MV) April 18, 2020
We urge the public to stay vigilant and we are thankful for the continuous support we have received thus far.
Thank you.