އެސްޓީއޯގައި ރާއްޖެއަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް އެބަހުރި ކަމަށާއި ކާޑު ނެތް ނުވަތަ ހުސްވެއްޖެ ކަމަށް ބުނެ ދޮގު މައުލޫމާތު ނުފަތުރަން އެސްޓީއޯ އިން އެދިއްޖެއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު ވަނީ ރާއްޖެ އިން ކާޑު ހުސްވެއްޖެ ކަމަށް ބުނެ ދޮގު ވާހަކަ ފެތުރުމަކީ މިފަދަ ހައްސާސްކަން ބޮޑު ވަގުތެއްގައި ރައްޔިތުންނަށް ކުރެވޭ އަނިޔާއެއް ކަމށް ވިދާޅުވެފައެވެ.
ޢަމްރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގެންގޮސްފައިވާ ކާޑުގެ މިންވަރާއި ތަފްސީލް https://storate.sto.mv އިން ސާފުކޮށް ފެންނާނެ ކަމަށެވެ. އަދި މިހާރު ވެސް ދަނީ ގެންދަމުން ކަމަށާއި ކޮރޯނާވައިރަސްގެ ބިރުވެރިކަން ރާއްޖެ އަށް ބޮޑުވި ހިސާބުން ފެށިގެން ވެސް ސަރުކާރުން އަންނަނީ ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން ދެމުން ކަމަށެވެ.
ކޮވިޑުގެ ނުރައްކާތެރިކަމާއިއެކު މުދައު އުފުލަން ދަތިތައް ހުރި ނަމަވެސް ކުރިއަށް އޮތް އަހަރެއްހައި ދުވަހަށް ރާއްޖެއަށް ބޭނުންވާނެ ކާޑުގެ ބާވަތްތައް ގެނެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމުގެ ޔަޤީންކަން އަމްރު ވަނީ ކުރިން ވެސް ދެއްވައިފައެވެ.