ފަރުވާ ހޯދަންދިޔައީ މާބަނޑު އަންހެނުންނަށްވީތީ، ފަރުވާ ނުކޮށް ބަނޑުގައި އޮތް ދަރިފުޅު މަރާލީ މުސްލިމުންނަށްވީތީ!

ކިޔުމަށް ހޭދަވާނީ 57ސ
ފަރުވާ ހޯދަންދިޔައީ މާބަނޑު އަންހެނުންނަށްވީތީ، ފަރުވާ ނުކޮށް ބަނޑުގައި އޮތް ދަރިފުޅު މަރާލީ މުސްލިމުންނަށްވީތީ!

މުސްލިމުންނަށް ވީތީ އިންޑިއާގެ ހޮސްޕިޓަލެއްގައި މާބަނޑު އަންހެނުންތަކެއް އެޑްމިޓުނުކޮށް ފަރުވާވެސް ނުދިނުމުގެ ސަބަބުން އެމީހުންގެ ބަނޑުގައި އޮތް ތުއްތު ދަރިން މަރުވެއްޖެއެވެ.

ރާޖަސްތާނުގެ ޖަރްޚާންދް ސްޓޭޓުގައި ހޮސްޕިޓަލަށް ދިޔަ މާބަނޑު އަންހެނެއްގެ ދަރިފުޅު ވަނީ، އެހޮސްޕިޓަލުން އޭނާއަށް ފަރުވާދޭން ދެކޮޅު ހެދުމުގެ ސަބަބުން، ބައިގެން ގޮސްފައެވެ. އެމްޖީއެމް ހޮސްޕިޓަލުން އޭނާއަށް ފަރުވާ ދޭން ދެކޮޅު ހެދީ އެއީ މުސްލިމަކަށް ވާތީ ކަމަށް، އެހޮސްޕިޓަލުން ބުނެފައިވާ ކަމަށް އަންހެން މީހާގެ ފިރިމީހާ ބުނެފައިވެއެވެ.

އުމުރުން 30 އަހަރުގެ ރިޒްވާނާ ޚާތޫން އެހޮސްޕިޓަލަށް ދިޔައީ ލޭފައިބާތީ އެވެ. ނަމަވެސް ރިޒްވާނާއަށް ފަރުވާ ދިނުމުގެ ބަދަލުގައި އޭނާ ގައިގާ ތަޅައިގަނެފައި އޭނާއަކީ ކޮރޯނާ ވައިރަސް ފަތުރަމުންދާ މީހެއް ކަމަށް ބުނެ ތުހުމަތު ކުރި ކަމަށް ވެސް ރިޒްވާނާގެ ފިރިމީހާ ބުނެފައިވެއެވެ.

މިމަހުގެ ކުރީކޮޅު ވެސް ބާރަތުޕޫރް ގެ ހޮސްޕިޓަލަކަށް މާބަނޑު އަންހެނަކު ދިޔުމުން، އޭނާއަކީ މުސްލިމަކަށްވީތީ ވަނީ ފޮނުވާލާފައެވެ. ނަތީޖާ އެއްގެ ގޮތުން އެމީހުންގެ ތުއްތު ދަރިފުޅުވެސް ޖައިޕޫރުގެ ހޮސްޕިޓަލަކަށް ގެންދިޔަ ދަތުރުމަތީގައި މަރުވީއެވެ.

މިއަދު އޮންލައިން