ސްޓީވް ޖޮބްސްގެ ފަހު ބަސްތައް: ދިރިއުޅުމާމެދު ތިބާ ވިސްނާ ގޮތް ބަދަލު ކޮށްލާނެ!

ކިޔުމަށް ހޭދަވާނީ 2މ 30ސ
ސްޓީވް ޖޮބްސްގެ ފަހު ބަސްތައް: ދިރިއުޅުމާމެދު ތިބާ ވިސްނާ ގޮތް ބަދަލު ކޮށްލާނެ!

ސްޓީވެން ޕޯލް ޖޮބްސް ނުވަތަ އާއްމުކޮށް މީހުންނަށް އޭނާ އިނގޭ ނަމުންނަމަ ސްޓީވް ޖޮބްސް އަކީ އެމެރިކާގެ ނަން މައްޝޫރު ވިޔަފާރިވެރިއެކެވެ. އޭގެ އިތުރުން އޭނާ އަކީ އިންޑަސްޓްރިއަލް ޑިޒައިނަރ، އިންވެސްޓަރ އެއްގެ އިތުރުން އޭނާ އަކީ މައްޝޫރު އެޕަލް ކުންފުނީގެ ޗެއާރމަން އަދި ސީއީއޯ ވެސް މެއެވެ. 

ސްޓީވް ޖޮބްސް މިދުނިޔެ ދޫކޮށް ގޮސްފައިވަނީ އުމުރުން 56 އަހަރުގައި، 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އޭނާ މަރުވީ ޕެންކްރިއޭޓިކް ކެންސަރ ޖެހިގެންނެވެ.

މިއީ މަރުވުމުގެ ކުރިން އޭނާ ބުނެފައިވާ ބަސްތަކެކެވެ.

"ވިޔަފާރީގެ ދުނިޔޭގައި އަހަންނަށް ކާމިޔާބީގެ އެންމެ މަތީ ހަރުފަތައް އެރުނެވެ. އެހެންމީހުންގެ ނަޒަރުގައި އަހަރެންގެ ދިރިއުޅުމަކީ ކާމިޔާބީން ފުރިގެންވާ ލާމަސީލު ދިރިއުޅުމެކެވެ. 

ނަމަވެސް އަހަރެން ކުރާ މަސައްކަތްތަކަށްފަހު، ދިރިއުޅުމުގައި ލިބޭ އުފާވެރިކަން ވަރަށް މަދެވެ. ހަގީގަތުގައި މުއްސަނދިކަމަކީ އެއްވެސް މައުނައެއް ނެތް އެއްޗެކެވެ. 

މިބަލި އެނދުގައި މިހެން އޮވެ އަހަރެންގެ ދިރިއުޅުމާމެދު ވިސްނާލާއިރު، އަހަންނަށް އެނގެނީ އަހަރެން އެއިރު އެހާ ފަޚުރުވެރިވި މުއްސަނދިކަމާއި މަގާމުތަކަކީ ފަހު ވަގުތު އައިސް ޖެހުމުން އޭގެ އެއްވެސް ބޭނުމެއް ނެތް އެއްޗެއް ކަމެވެ. 

އަހަރުމެންގެ ކާރުތައް ދުއްވަން މީހުން ހޯދިދާނެއެވެ. ވިޔަފާރި ބަލައްހައްޓަންށާއި ގޭތެރޭގެ ކަންކަން ބަލަހައްޓާނެ މީހުން ވެސް ހޯދިދާނެއެވެ. އެކަމަކު މިފަދަ ބޮޑު ބައްޔެއް ޖެހުމުން، އަހަރުމެންގެ ބަދަލުގައި މިވޭނާއި ކުރިމަތިލާނެ ބަޔަކު ނުހޯދޭނެއެވެ. 

މުދާތަކާއި އެހެނިހެން ތަކެތި ގެއްލުނަސް، ފައިސާއިން ގަންނަން ލިބިދާނެއެވެ. ނަމަވެސް ދެއެއްޗެއް ގެއްލުމުން އަލުން ނުހޯދޭނެ އެއްޗެއް ވެއެވެ. އެއީ ދިރިއުޅުމާއި ވަގުތެވެ.

ދިރިއުޅުމުގައި ކުރާ ހޭދަތަކާއިމެދު ވެސް ވިސްނަން ޖެހެއެވެ. އަތުކުރީގައި 300 ޑޮލަރަށްދޭ ގަޑިއެއް އެޅުމެކޭ 30 ޑޮލަރެއް ދޭ ގަޑިއެއް އެޅުމެކޭ ވާނީ އެއްވަރެވެ. ދޭތިން ވެސް ވަގުތު ފެންނާނީ ހަމަ އެއްވަރަކަށެވެ. 

ހަމައެފަދައިން 300 ޑޮލަރަށްދޭ ވޮލެޓެއް ގެންގުޅުމެކޭ 30 ޑޮލަރަށްދޭ ވޮލެޓެއް ގެންގުޅުމެކޭ ވަނީ އެއްވަރެވެ. އެއަށް ފައިސާ ލެވޭނީ ތިމާއަށް ލިބިފައި ހުރި މިންވަރަކަށެވެ. 

އަހަރުމެން ދިރިއުޅެން ބޮޑު ގަނޑުވަރެއް ހޯދުމެކޭ ކުޑަ އާދައިގެ ހެއެއް ހޯދުމެކޭ ވެސް ވަނީ އެއްވަރެވެ. ތިމާ އެކަނިވެރިވެއްޖެ ނަމަ ބޮޑު ތަނެއްގައި ކުރިމަތިލާންޖެހޭ އެކަނިވެރިކަން އަދި މާބޮޑެވެ.

އެހެންކަމުން އަގުބޮޑެތި މޮޅު އެއްޗެހި ކޮންމެހެން ހޯދުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

ތިމާގެ ދަރިންނަށް މުއްސަނދި ދިރިއުޅުމެއް އުޅެން ވިސްނާ ނުދޭށެވެ. އުފަލުގައި އާދައިގެ ދިރިއުޅުމެއް އުޅެން ދަސްކޮށްދޭށެވެ. އޭރުން ހަގީގީ ދިރިއުޅުމުގައި އުޅެން އެކުދިންނަށް ދަސްވާނެއެވެ.

ތިމާއަށް ލިބޭ ކާނާއަކީ ދިރިއުޅުމުގައި ތިމާއަށް ކާންޖެހޭ ބޭހެއް ކަމުގައި ދެކިގެން ކާށެވެ. ސިއްޙަތައް ގެއްލުން ނުދޭނެ ރަނގަޅު ކާނާ ކާށެވެ. ނޫންނަމަ ޙަޔާތުގެ ބާކީ ދުވަސްތައް ބޭސްކެއުމުގައި ހޭދަ ކުރަން ޖެހިދާނެއެވެ.

ތިމާ ދެކެ ހަގީގީ ލޯބިވާ މީހަކު، ތިމާ ދޫކޮށްލާފައެއް ނުދާނެއެވެ. ދިރިއުޅުމުގައި ކޮންމެ ކަމެއް ދިމާވިނަމަވެސް އޭނާ ތިމާއާއެކު ހުންނާނެއެވެ."

މިއަދު އޮންލައިން