އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް މުޅި ދުވަހު އުރީދޫ ނަންބަރުތަކަށް ގުޅާލުމަށް އަންލިމިޓެޑް ކޯލްސް އެންމެ 35ރ އަށް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް މުޅި ދުވަހު އުރީދޫ ނަންބަރުތަކަށް ގުޅާލުމަށް އަންލިމިޓެޑް ކޯލްސް އެންމެ 35ރ އަށް!

އުރީދޫ މޯލްޑިވްސްއިން ޑެއިލީ ޑޭޓާ ކޮންބޯގެ ނަމުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޙާއްސަ އޮފަރ އެއް މިއަދު ތައާރަފް ކޮށްފިއެވެ. ޑެއިލީ ޑޭޓާ ނަންގަވާ ފަރާތްތަކަށް 1 ޖީބީ ޑޭޓާ ގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް އެންމެ 35ރ އަށް ބައްލަވައިގަނެވޭނެއެވެ. 

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ގެ ރަމަޟާން މަހާ ކުރިމަތިލާން ދިވެހިން ތައްޔާރުވަމުން ދަނީ އާއިލާއާި ރައްޓެހިންނާއި ދުރުގައި، ގައިދުރުކަން ދަމަހައްޓމުންނެވެ. އާއިލީ ގުޅުން އަދި ރައްޓެހިންގެ ހާލު އަހުވާލު ބަލާ ހެދުމަށް މުވާސަލާތީ ޚިދުމަތްތަކަށް އިހުނަށްވުރެ ބޮޑަށް ވަނީ މުހިންމުވެފައެވެ. އެހެން ކަމުން، އުރީދޫއިން މި ޚާއްސަ އޮފަރ ތައާރަފް ކޮށްފައިވަނީ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް މި ޚިދުމަތްތައް ލިބިގަތުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމުގެ ގޮތުންނެވެ.    

ރައްކާތެރިކަމާއެކު ގޭގައި ތިބެގެން ޑެއިލީ ޑޭޓާ ކޮމްބޯ އަދި އެހެނިހެން އުރީދޫ ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ފަސޭހައިން އެކްޓިވޭޓް ކުރެވޭނެ ގޮތްތަށް ވަނީ ހަމަޖައްސާފައެވެ. ޑެއިލީ ޑޭޓާ ކޮމްބޯ އުރީދޫ އެޕް މެދުވެރިކޮށް އަދި 1#*929* އަށް ގުޅުއްވައިގެންވެސް އެކްޓިވޭޓް ކުރެވޭނެއެވެ. 

ދުނިޔެ ކުރިމަތިލަމުންދާ މި އުނދަގޫ ދުވަސްތަކުގައި ދިވެހި މުޖުތަމައު ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ގުޅުވާދިނުމަށް އުރީދޫ މޯލްޑިވްސްއިން މަސައްކަތް ކުރަމުންދަނީ ވަރަށް ހާއްސަ އިސްކަމެއްދީގެންނެވެ. އެގޮތުން ޑެއިލީ ޑޭޓާ ކޮމްބޯ އޮފަރ އާއި އެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުޔެއް ލިބި ގިނަ ބަޔަކަށް މެދުކެނޑުމެއް ނެތި އިންޓަނެޓްގެ ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

މިއަދު އޮންލައިން