ރޯދަމަހަށް ޚާއްސް އޮފަރތަކެއް އުރީދޫއިން ތައާރަފްކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 3މ 34ސ
ރޯދަމަހަށް ޚާއްސް އޮފަރތަކެއް އުރީދޫއިން ތައާރަފްކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނާއި ބަރަކާތްތެރި ރަމަޟާން މަސް މިއަހަރު ބައްދަލުވެފައި މިވަނީ ހީވެސްނުކުރާފަދަ ގޮތަކަށެވެ. އާދަކާދަތަކުގެ ތެރެއިން އޮންނަ އުފާވެރި ބައްދަލުވުންތަކާއި، އާއިލާ އަދި އަވައްޓެރިންނާއި އެކުވެރިން ނުދެކި އެކަހެރިކަމުގެ ތެރެއިންނެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން އުރީދޫ މޯލްޑިވްސްއިން ގެނެސްދޭ ރޯދަމަހަށް ޚާއްޞަ ވީޑިއޯއިން ދައްކުވައިދެނީ އުންމީދުން ފުރިގެންވާ މެސެޖެކެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުވަމުން، ހިއްސާކޮށްފައިވާ މި ވީޑިއޯއިން ދައްކައިދެނީ ތަފާތު އަށް ގައުމެއްގައި، ސްމާރޓްފޯނު މެދުވެރިކޮށް ނަގައިފައިވާ މަންޒަރު ތަކެކެވެ. އެންމެން އެއްތަންވެ ވަގުތުހޭދަނުކުރެވޭފަދަ ޙާލަތެއްގައިވީނަމަވެސް، ހިތްވަރުގަދަކޮށް އެ އުފާވެރިކަމާ ގާތްކަން، ޑިޖިޓަލް ނެޓްވަރކްގެ އެހީގައި އެންމެނާއި އެކު ބޭއްވޭނެކަން މުޖުތަމައުތަކަށް ހަނދާން ކޮށްދޭ މެސެޖަކާއެކުއެވެ.  

ދުނިޔޭގެ އަދުގެ ހާލަތާ ގުޅިގެން، ދިވެހި މުޖުތަމައު ގުޅުވާލަދިނުމަށްޓަކާ، އިންޓަނެޓްގެ ޚިދުމަތާއި މުވާސަލާތީ ގުޅުން މެދުނުކެނޑި ބޭނުންކުރުމަށް އުރީދޫ އިން ވަނީ ޚާއްސަ ފުރުސަތުތަކެއް ފަހިކޮށްދީފައެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން ރަމަޟާން މަހަށް ޚާއްސަ އޮފަރތަކެއްވެސް ވަނީ މިއަދު އިއުލާނުކޮށްފައެވެ. 

ޑެއިލީ ޑޭޓާ ކޮންބޯ

މި ރަމަޟާން މަހު އާއިލާ އަދި އެކުވެރިންނާއި ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް އުރީދޫއިން ތަޢާރަފްކޮށްފައިވާ ޑެއިލީ ޑޭޓާ ކޮމްބޯގައި ހިމެނެނީ މުޅި ދުވަހަށް ބޭނުންކުރެވޭ 1 ޖީބީ ޑޭޓާ އަދި އަންލިމިޓެޑް ކޯލްސް އެވެ. އެންމެ 35 ރުފިޔާ އަށް ލިބޭ މި ޕެކޭޖް އެކްޓިވޭޓް ކުރެއްވުމަށް *929*1# އަށް ގުޅުއްވާ ނުވަތަ http://ore.do/app  އަށް ޒިޔާރަތްކުރައްވާށެވެ.

%50 އެކްސްޓްރާ ޑޭޓާ

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން މި ރަމަޟާން މަހު އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު %50 ޑޭޓާ އިތުރަށް ލިބިވަޑައިގަންނަވާނެއެވެ. އެކްޓިވޭޓް ކުރެއްވުމަށްhttp://ore.do/app  އަށް ޒިޔާރަތްކުރައްވާށެވެ. 

5x ބޯނަސް ޑޭޓާ 

އުރީދޫ އެޕް މެދުވެރިކޮށް ކުރައްވާ 50 ރުފިޔާ އަށް ވުރެ މަތީގެ ކޮންމެ ރިޗާރޖަކާއި އެކު 5x ޑެއިލީ ޑޭޓާ ބޯނަސް ލިބިވަޑައިގަންނަވާނެއެވެ. އެކްޓިވޭޓް ކުރެއްވުމަށްhttp://ore.do/app  އަށް ޒިޔާރަތްކުރައްވާށެވެ.

 

ނަމާދު އެލަރޓް، ވައިބަރ އަދި އެސްއެމްއެސް މެދުވެރިކޮށް

ވައިބަރ އާއި އެކު އުރީދޫއިން ފޯރުކޮށްދޭ މި ޚިދުމަތާއި އެކު، ނަމާދު އެލަރޓް މި ރަމަޟާން މަހު ލިބިގަތުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ. މިކަމާއި ގުޅޭ ވައިބަރ ސްޓިކަރ ޕެކް ޑައުންލޯޑް ކުރައްވައިގެން ނަމާދު އެލަރޓް އެކްޓިވޭޓް ކުރެއްވޭނެއެވެ. 

މި ރަމަޟާން މަހު މުޅިން ހިލޭ! 

ނަމާދު އެލަރޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ހޯއްދެވުމަށް “GO” ޖެއްސެވުމަށް ފަހު 4777 އަށް އެސްއެމްއެސް ކުރައްވާ

“Ramadan” ޖެއްސެވުމަށް ފަހު 4000 އަށް އެސްއެމްއެސް ކުރައްވައިފެން ރީތި ޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތައް މުޅިން ހިލޭ ލިބިވަޑައިގަންނަވާނެ

"މި އަހަރުގެ ރަމަޟާން މަސް ވެގެންދާނީ އަޅުގަނޑުމެން އެންމެނަށް ވަރަށް ތަފާތު ރަމަޟާން މަހަކަށް. އާއިލާ އާއި އެކުވެރިން އެއްތަންވެ، ޒަމާނުއްސުރެ ފާހަގަކުރަމުން އައި ބައެއް ކަންކަން މި ފަހަރު ކުރެވެން ނެތް. މުޖުތަމައު އަށް ކުރިމަތިވެފައިވާ މި އުނދަގޫ ހާލަތުގައި ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް އެންމެން އެކު އެކީ ގުޅުވާލަދިނުމަކީ އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ، އެންމެ މުހިއްމު ކަންތައް. ގޭގައި ތިބެގެން އަދި އާއިލާ އާއި ދުރުގައި އޮފީހުގައި ތިބެގެން ރާއްޖޭގެ ރައްޔިތުންގެ މުވާސަލާތީ ބޭނުންތަކަށް ޚިދުމަތްދިނުމުގައި ތިބި އުރީދޫ އާއިލާގެ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެން އެންމެންގެ ފަރާތުން، ބަރަކާތްތެރި އަދި އުފާވެރި ރަމަޟާން މަހުގެ ތަހުނިޔާ އެންމެހާ ބޭފުޅުންނަށާއި އާއިލާތަކަށް އަރިސްކުރަން." އުރީދޫގެ އެމްޑީ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

ރަމަޟާން މަހަށް ޚާއްސަކޮށް އުރީދޫ އިން ފޯރުކޮށްދޭ ޑިޖިޓަލް އޮފަރތަކާއި ގުޅޭ އިތުރު މައުލޫމާތު  http://ore.do/ramadan އަށް ޒިޔާރަތްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މިއަދު އޮންލައިން