ޣޭގައި ތިބެގެން އޮންލައިންކޮށް ވިޔަފާރި ކުރެވޭ ގޮތަށް އެސްޓީއޯ އިން ހުޅުވާލި ވެބްސައިޓު، އީސްޓޯރުގެ ހިދުމަތް އަލުން ދޭން ފަށައިފިއެވެ.
އެސްޓީއޯ އިން މި ހިދުމަތް ކުރިން މެދުކަނޑާލީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ އޯޑަރުތަކެއް ލިބުމުންކަަމަށް އެ ކުންފުނިން ބުނެފައެވެ.
އެއްފަހރާ ގިނަ އަދަދެއްގެ ތަކެއްޗަށް އޯޑަރު ކުރުމަށް ގިނަ މީހުންނަށް ހިދުމަތް ދިނުމަށް އުނދަގޫ ވާކަމަށާއި ކޮންމެ ކަސްޓަމަރަކު ވެސް ގިނަވެގެން ހަފުތާއަކަށް ބޭނުންވާ ވަރަށް އޯޑަރު ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.