ކޮރޯނާ ފެތުރުން އިތުރުވިއިރު އިންޑިއާ ޓީމް ފުރައިފި! ޗައިނާއިން ހުރިހާ ވަސީލަތްތަކާއެކު ކަރަންޓީނު ފެސިލީޓީއެއް އަޅައިދެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކޮރޯނާ ފެތުރުން އިތުރުވިއިރު އިންޑިއާ ޓީމް ފުރައިފި! ޗައިނާއިން ހުރިހާ ވަސީލަތްތަކާއެކު ކަރަންޓީނު ފެސިލީޓީއެއް އަޅައިދެނީ!

ކޮރޯނާ އާއި ގުޅިގެން ރާއްޖެއަށް އެހީތެރިވާން އައި އިންޑިއާ މެޑިކަލް ޓީމް ކޮބައިތޯ، މާލޭގައި ކޮރޯނާ ޖެހުން ގިނަވެ ރާއްޖެއަށް ފެތުރިގަތްވަގުތު ބަލައިލިއިރު އެޓީމް ފުރައިފިއެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު މިއަދު އެ އިޢުލާނު ކުރެއްވީ 800 މީހުންގެ ވަގުތީ ކަރަންޓީނު ފެސިލިޓީއެއް ޗައިނާއިން އަޅައިދޭ ވާހަކައެވެ. އެ ފެސިލިޓީއަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފޯރުކޮށްދޭނެ ވާހަކައެވެ. ހަމަ އެއާއިއެކު ހުޅުމާލެކަރަންޓީނު ފެސިލިޓީއަށް ކުރިމަތިވެފައިވާ ސައިޑް އިފެކްޓްސްތައް ރަނގަޅުކޮށްދިނުމަށް ޗައިނާގެ 40 މީހަކު މިހާރުވެސް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. 

ޗައިނާއަކީ އެންމެ 16 ދުވަހުން އެއްވެސް ސައިޑް އިފެކްޓެއް ނެތި ބޮޑެތި ވަގުތީ ހޮސްޕިޓަލްތައް އަޅާފައިވާ ޤައުމެކެވެ. ކޮރޯނާގެ ޙާލަތުގައި އެކަން ޗައިނާއިން ވަނީ ދުނިޔެއަށް ދައްކައިދީފައެވެ. ރާއްޖެއަށް ހުރިހާ ތަކެތި އެތެރެކުރަން ޖެހޭތީ އެ ބާރުމިނުގައި ނުނިންމުނު ނަމަވެސް 36 ގަޑިއިރުން ރާއްޖެ ގެނެވޭ އެމްއާރުއައި މެޝިން 6 އަހަރުން ނުގެނެވުން ފަދަ ކަންކަން މެދުވެރިނުވާނެކަން މިހައިތަނަށް ޗައިނާއިން ކޮށްދީފައިވާ ކަންކަމުން ޔަޤީން ކުރެވެއެވެ.

މިއަދު އޮންލައިން