މާންދޫ ވަޅޯ މަހާ ދަޅުމަހާ މަހުގެ ހުރިހާ ބާވަތްތައް މޫލީ މެދުވެރިކޮށް ކަސްޓަމަރުންނާއި ހަމަޔަށް ވަރަށް ހެޔޮ އަގުގައި ފޯރުކޮށްދެނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ
މާންދޫ ވަޅޯ މަހާ ދަޅުމަހާ މަހުގެ ހުރިހާ ބާވަތްތައް މޫލީ މެދުވެރިކޮށް ކަސްޓަމަރުންނާއި ހަމަޔަށް ވަރަށް ހެޔޮ އަގުގައި ފޯރުކޮށްދެނީ!

ހޮރައިޒަން ފިޝަރީޒުން ވިއްކާ މާންދޫ މަސް ބްރޭންޑްގެ އުފެއްދުންތައް، “މޫލީ” މެދުވެރިކޮށް އޮންލައިންކޮށް ބައްލަވައިގަނެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ 

މިހާރުވެސް ވެކިޔުމްކުރި ވަޅޯ މަސް ކިލޯއެއް 100 ރުފިޔާއަށް އަދި ސަންފްލާވަރ ތެލުގައި ބަންދުކުރި ތެޔޮމަސް ދަޅެއް 14 ރުފިޔާ އަށް އަދި ފެން މަސްދަޅެއް 13 ރުފިޔާއަށް ވިއްކަމުން އަންނަ ހޮރައިޒަން ފިޝަރީޒުން ބުނެފައިވަނީ އެ ފިޔަވަޅަކީ މިހާރު ދިމާވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއި ގުޅިގެން އެކުންފުނީގެ ކަސްޓަމަރުންނާއި އެކުންފުނީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށާއި، އެނިންމުމުގެ ބޭނުމަކީ ޖިސްމާނީ ގައިދުރުކަމަށް ފުރުޞަތު ދިނުން ކަމަށެވެ 

މިޚިދުމަތް ދޭން ފަށާފައިވަނީ މިދިއަ ބުދަ ދުވަހުއެވެ.  

ޚިދުމަތްދޭން ފެށުމުން ކަސްޓަމަރުންނަށް ގޭގައި ތިއްބަވައިގެން މޫލީ އެޕް މެދުވެރިކޮށް މާންދޫ މަހުގެ ބާވަތްތަކަށް އޮންލައިންކޮށް އޯޑަރ ދެއްވޭނެ ކަމަށާއި، އޯޑަރ ދެއްވުމުން ކަސްޓަމަރަކު ބޭނުންވާ ތަނަކަށް މުދާ ފޯރުކޮށްދޭނެ ކަމަށް ހޮރައިޒަން އިން ބުނެއެވެ.  

އެގޮތުން ޗާނދަނީ މަގުގައި ހުންނަ ހޮރައިޒަންގެ “ސީފުޑް ޕްލަސް” ފިހާރައިން ލިބެންހުރި އުފެއްދުންތަކަށް، މޫލީ އެޕް މެދުވެރިކޮށް އޯޑަރ ކުރެއްވޭނެ ކަމަށް ހޮރައިޒަން އިން މައުލޫމާތު ދެއެވެ 

 

އަދި މިދަނޑިވަޅުގައި ހޮރައިޒަން ފިޝަރީޒްގެ އުފެއްދުންތައް ކަސްޓަމަރުންނާއި ހަމަޔަށް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދިނުމުގައި  މޫލީގެ ފަރާތުން ދެއްވާ އެހީތެރިކަމަށް ހޮރައިޒަން އިން ޝުކުރު އަދާކުރެއެވެ. އަދި މި އެޕް ޑައުންލޯޑް ކުރައްވައިގެން ހުރީހާ ރައްޔިތުންނަށްވެސް ހޮރައިޒަން ފިޝަރީޒްގެ މާންދޫ މަސްދަޅު ގަނެވޭނެއެވެ. 

 

ކޮވިޑް-19 އާއި ގުޅިގެން އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއެކުވެސް ރަމަޟާން މަހާއި ދިމާކޮށް މަސް ދަޅަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިދަނޑިވަޅުގައި ރައްޔިތުންނަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމަށް ހޮރައިޒަން ފިޝަރީޒުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. 

 

އެގޮތުން ރަމަޟާން މަހާއި ދިމާކޮށް އެކުންފުނިން ވިއްކާ މާންދޫ ދަޅު މަހުގެ އުފެއްދުންތަކުގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. 

 

މޫލީ މެދުވެރިކޮށް ހޮރައިޒަން ފިޝަރީޒްގެ މާންދޫ މަސްދަޅު ބައްލަވައިގަތުމަށް އެޕް ޑައުންލޯޑް ކުރައްވާ http://ore.do/app

 

މިއަދު އޮންލައިން