ޗައިނާއިން ރާއްޖޭގައި ހަދާ ކަރަންޓީން ފެސިލިޓީގެ މަސައްކަތް މި މަހު އަށާރައަށް ނިންމާލެވޭނެ: ޗައިނާ ސަފީރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ޗައިނާއިން ރާއްޖޭގައި ހަދާ ކަރަންޓީން ފެސިލިޓީގެ މަސައްކަތް މި މަހު އަށާރައަށް ނިންމާލެވޭނެ: ޗައިނާ ސަފީރު

ޗައިނާއިން ރާއްޖޭގައި ހަދާ ކަރަންޓީން ފެސިލިޓީގެ މަސައްކަތްތައް މި މަހު އަށާރައަށް ނިންމާލެވޭނެކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

މި ކަރަންޓީން ފެސިލިޓީއަކީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޗައިނާ ސަރުކާރުން ފޯރުކޮށް ދޭ އެހީތެރިކަމުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ކަރަންޓީން ފެސިލިޓީއެކެވެ.

ކޯވިޑް-19 ހާލަތުގައި ދިވެހި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން މި ކަރަންޓީން ފެސިލިޓީ ހެދުމުގައި ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ 200 މުވައްޒަފުން  ހަރަކާތްތެރިވަމުން އަންނަ ކަމަށް ސަފީރު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

މުވައްޒަފުންނާއި ވަސީލަތާއި ސާމާނާ އެކު 4.3 މިލިއަން ރުފިޔާ ގެ އެހީތެރިކަން މިހާރު ވެސް ފޯރުކޮށްދީފައިވާނެ ކަމަށް އަންޒާދާ ކުރެވޭ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ޗައިނާއިން އަންނަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް 10 ވެންޓިލޭޓަރާއި 30،000 ސާޖިކަލް މާސްކާއި އިމަޖެންސީ ސާމާނު ވެސް ހަދިޔާކޮށްފައެވެ.

މިއަދު އޮންލައިން