އޭޑީކޭގަ މަސައްކަތްކުރާ ބާރަ ބިދޭސީ ސަޕޯޓް ސްޓާފުން ކޮރޯނާއަށް ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
އޭޑީކޭގަ މަސައްކަތްކުރާ ބާރަ ބިދޭސީ ސަޕޯޓް ސްޓާފުން ކޮރޯނާއަށް ޕޮޒިޓިވްވެއްޖެ!

އޭޑީކޭ ހޮސްޕިޓަލުގައި ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތްކުރާ 12 މުވައްޒިފަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ. މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިރޭ ވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ.   

ޕޮޒިޓިވް އެންމެންނަކީވެސް ހުޅުމާލޭގެ އެކަމަޑޭޝަން ބްލޮކްގައި އުޅޭ 47 ބިދޭސީ މުވައްޒިފުންގެ ތެރޭގައި ހިމެނޭ މީހުންނެވެ. އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ އެ އެކޮމަޑޭޝަން ބްލޮކްގައި އުޅޭ ފަސް މީހެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ރެންޑަމްކޮށް 10 މީހަކު އެ ބައްޔަށް ޓެސްޓު ކުރުމުން ކަމަށް އަފްއާލް ވަނީ ވިދާޅުވެފައެވެ. 

އަފްޢާލް މައުލޫމާތު ދެއްވާފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ ނޭޕާލް އަދި ބަންގްލަދޭޝްގެ މީހުންނެވެ. މި މީހުން ބައްޔަށް ހުށަހެޅުނީ ހޮސްޕިޓަލުން ބޭރުން ކަމަށް ބެލެވޭ ކަމަށްވެސް އަފްޢާލް ވަނީ ވިދާޅުވެފައެވެ. 

ކޮވިޑް ފެށުމާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ވަނީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިފައެވެ. މާކުރިންސުރެ ހޮސްޕިޓަލަށް ވަންނަ މީހުން ސްކޭންކުރަންވެސް ވަނީ ފަށައިފައެވެ.

މިއަދު އޮންލައިން