ކޮރޯނާ ވައިރަސް ނައްތާލުމަށް ދުނިޔޭގެ އެންމެން ރޯދަ ހިފަން ޕޯޕް ފްރާންސިސް ގޮވާލައިފި!

ކިޔުމަށް ހޭދަވާނީ 1މ 12ސ
ކޮރޯނާ ވައިރަސް ނައްތާލުމަށް ދުނިޔޭގެ އެންމެން ރޯދަ ހިފަން ޕޯޕް ފްރާންސިސް ގޮވާލައިފި!

މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ވަބާއިން ސަލާމަތްވުމަށް، ހުރިހާ ދީނެއްގެ މީހުންވެސް ގުޅިގެން މިރަމަޟާން މަހުގެ އެއް ދުވަހު ރޯދަ ހިފުމަށް ޕޯޕް ފްރާންސިސް ގޮވާލައިފިއެވެ.

އެގޮތުން ހަޔަރ ކޮމިޓީ އޮފް ހިއުމަން ފްރެޓާނިޓީ، އިންޓަރ ރިލިޖަސް ގްރޫޕުގެ އެންމެ މަތީ ފަންތިން، މިފަދައިން އަޅުކަން ކުރަން (ރޯދަ ހިފަން) ހަމަޖައްސާފައިވަނީ މިމަހުގެ 14 ވާ ބުރާސްފަތި ދުވަހުއެވެ. އެދުވަކީ ރަމަޟާންމަހުގެ ވެސް ދުވަހެކެވެ.

ޕޯޕް ފްރާންސިސް ބުނެފައިވަނީ، އެދުވަހު އެންމެން ގުޅިގެން ރޯދަ ހިފާ، ކަލާނގެއަށް އަޅުކަން ކުރުމުން ކޮރޯނާ ވައިރަސްގެ މިވަބާއިން ސަލާމަތްވެވޭނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

މިސްރުގެ އެންމެ މާތް މިސްކިތުގެ އިމާމް އަޙްމަދު އަލް-ޠައްޔިބު ވެސް ވަނީ ޕޯޕްގެ އެޚިޔާލަށް ތާއީދު ކުރައްވާފައެވެ. އަދި އެމަނިކުފާނުވަނީ ހުރިހާ ޤައުމެއްގެ ރައްޔިތުން ވެސް ރޯދަ ހިފުމަށާއި، ގިނަގިނައިން ޞަދަޤާތްކޮށް މާތް ﷲ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް އެދިލައްވާފައެވެ.

ޕޯޕް ފްރާންސިސް އާއި މޮންސިގްނޯ ޔޯނިސް ލަހްޒީ ގައިދް ބުނިގޮތުގައި އެދުވަހުގެ (14 މޭ ގެ) މިހަރަކާތް ވެގެން ދާނީ ތާރީޚުގައި ވެސް ލިޔެވިގެންދާނެ ހަތަކާތަކަށެވެ. 

ކޮރޯނާ ވައިރަސް ވަނީ އެއްވެސް ދީނެއް، އެއްވެސް ޤައުމެއް އަދި އެއްވެސް އާރެއް ބާރެއް ތަފާތު ކުރުމެއްނެތި މުޅި ދުނިޔެއަށް ވެސް އަސަރު ކޮށްފައެވެ.

މިއަދު އޮންލައިން