ދިރާގުންު މުނިފޫހިފިލުވުމުގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 48ސ
ދިރާގުންު މުނިފޫހިފިލުވުމުގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފި

ދިރާގުން "ދިރާގުޕްލޭ"ގެ ނަމުގައި މުޅިން އާ މުނިފޫހިފިލުވުމުގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ. މި އެޕްލިކޭޝަނަކީ ތަފާތު ވައްތަރުގެ ގިނަ ކޮންޓެންޓް ހެޔޮ އަގެއްގައި އެއްތަނަކުން ބަލާލަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ތަޢާރަފުކޮށްފައިވާ ޚިދުމަތެކެވެ.

މި ދުވަސްވަރަކީ ގިނަ ބަޔަކު ގޭގައި، ލޮކްޑައުންގެ ހާލަތުގައި ނުވަތަ އިޖުތިމާއީ ގައިދުރުކޮށްގެން ތިބެންޖެހިފައިވާ ދުވަސްވަރެއްކަމުގައި ވުމުން، މުނިފޫހިފިލުވުމަށް އޮންލައިން ސްޓްރީމިން ޚިދުމަތްތަކުގެ ބޭނުން ވަނީ ވަރަށް ބޮޑަށް ޖެހިފައިއެވެ. ދިރާގުން އަލަށް ތައާރަފުކުރި މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލައިވް ޓީވީ، އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް މޯބައިލް ޑިވައިސްތަކުން ކޮންމެ ވަގުތަކު، ކޮންމެ ތާކު ބަލާލެވޭނެއެވެ.

ދިރާގު ޕްލޭގައި ކަސްޓަމަރުން މުނިފޫހިފިލުވުގެ މުޅިން އައު އަދި ތަފާތު އެތަށް ފީޗަރތަކެއް އެކުލެވިގެންވެއެވެ. އެގޮތުން

-         މަލްޓިޕްލް ސްކްރީންސް: އެންމެ ސަބްސްކްރިޕްޝަނަކުން ، އެއްފަހަރާ އެކި ޑިވައިސްތަކުން ދިރާގު ޕްލޭ އެޕް ބޭނުން ކުރެވޭނެވެ

-         ރިކޯޑިންގ: މި ފީޗަރ އިން ޕްރޮގުރާމްތައް ރިކޯޑްކޮށް، ކުރީބައިގައި ރިކޯޑް ކުރުމަށް ޝެޑިއުލްވެސް ކުރެވޭނެއެވެ.

-         ކެޗްއަޕް: މި ފީޗަރ މެދުވެރިކޮށް ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް އެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާލެވޭނެއެވެ.

-         ރީސްޓަރޓް: މި ފީޗަރ މެދުވެރިކޮށް މިހާރު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާ އިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެއެވެ.

ދިރާގު ޕްލޭ މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަންޔެވެ. ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ މި އެޕްގައި އިންޓްރޮޑަކްޓަރީ އޮފަރ އެއްގެ ގޮތުން "ޕްލޭ" ޕެކޭޖް މުޅިން ހިލޭ އެއް މަސްދުވަހަށް ލިބިގެންދާނެއެވެ. މި ޕްކޭޖް ހިލޭ އެކްޓިވޭޓް ކުރެވޭނީ 15 ޖޫން 2020ގެ ނިޔަލަށެވެ. އެއަށް ފަހު ކަސްޓަމަރުންނަށް މި ޕެކޭޖް މަހަކު އެންމެ 30 ރުފިޔާއަށް ބޭނުންކުރެވޭނެއެވެ. މި ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރުވެސް 23 ޗެނަލް ބަލާލެވޭނެވެ. ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓީވޭޓް ކުރާތާ 30 ދުވަހެވެ. 

ދިރާގުޕްލޭ މިހާރުވެސް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރއިން ހިލޭ ޑައުންލޯޑްކޮށްލެވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް https://www.dhiraagu.com.mv/Dhiraagu_Play.aspx

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިރާގުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ މުނިފޫހިފިލުމުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް މުއްސަދިކުރުމަށެވެ. އެގޮތުން ހަބަރު، ކުޅިވަރު އަދި ލައިފްސްޓައިލް ކޮންޓެންޓް ފަސޭހަކާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

 

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވިޔަސް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.

މިއަދު އޮންލައިން