އައިސޮލޭޝަންގަ ހުރި މީހަކު ބާތުޓަބް ތެރޭގައި މަރުވެފައިވާ ވާހަކައަކީ ދޮގެއް!

ކިޔުމަށް ހޭދަވާނީ 33ސ
އައިސޮލޭޝަންގަ ހުރި މީހަކު ބާތުޓަބް ތެރޭގައި މަރުވެފައިވާ ވާހަކައަކީ ދޮގެއް!

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އެކަހެރި ކޮށްފައިވާ މީހަކު އޭނާހުރި ކޮޓަރީގެ ފާޚާނާ ތެރޭގައި މަރުވެފައިވާ ކަމަށް ބުނެ ފެތުރެމުން އަންނަ ވާހަކަތަށް ސަރުކާރު ދޮގު ކޮށްފިއެވެ.

ފޭސްބުކްގައި އަހުމަދު މުއާޒް ކިޔާ މީހަކު ފޮޓޯއެއް ޕޯސްޓު ކޮށްފައި ބުނެފައިވަނީ، އެފޮޓޯއިން ފެންނަ އޭނާގެ އެކުވެރިޔާ ފާތިފް އީސާ، އޮޅުވެލި އައިސޮލޭޝަން ފެސިލިޓީގެ ކޮޓަރިއެއްގެ ބާތުޓަބުގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. 

މުއާޒް ވަނީ އެޕޯސްޓުގައި އެޗްޕީއޭ ވެސް ޓެގު ކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ފޮޓޯއިން ފެންނަ މީހާއާއި ވާހަކަ ދެކެވިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މިއަދު އޮންލައިން