ކަރަންޓު ބިލުން ސާޅީސް އިންސައްތަ ޑިސްކައުންޓް ދޭކަން ބިލުން އެނގޭނެ!: ސްޓެލްކޯ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކަރަންޓު ބިލުން ސާޅީސް އިންސައްތަ ޑިސްކައުންޓް ދޭކަން ބިލުން އެނގޭނެ!: ސްޓެލްކޯ

ކަރަންޓު ބިލުން ސާޅީސް އިންސައްތަ ޑިސްކައުންޓް ދޭކަން ބިލުން އެނގޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. 

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ކޮންމެ އަހަރެއްގެ ވެސް ކުރީކޮޅު ކަރަންޓް ބޭނުންކުރެވޭ މިންވަރު އިތުރުވެގެންދާ ކަމަށާއި 40 އިންސައްތަ ޑިސްކައުންޓް ދިނުމުން ގިނަ ބައެއްގެ ބިލުން ބޮޑުތަން އުނިވެގެންގޮސްފައިވާކަން ހިސާބުތަކުން އެނގެން އެބަހުރި ކަމަށެވެ. 

40 އިންސައްތަ ބިލުގެ ޖުމުލައިން ޑިސްކައުންޓް ލިބޭނަމަ 1000 ރުފިޔާގެ ބިލަކުން 400 ރުފިޔާ އުނިވެ 600 ރުފިޔާއަށް ކުޑަވެގެންދާނެއެވެ. 2000 ރުފިޔާގެ ބިލަކުން 800 ރުފިޔާ ކުޑަވެ 1200 ރުފޔާއަށް ކުޑަވެގެންދާނެއެވެ. 

ގިނަ ބައަކު ބުނަނީ މިފަދަ ބަދަލެއް، ނުވަތަ މިފަދަ ބަދަލަކާއި ގާތްކުރާ ވަރުގެ ބަދަލެއްވެސް ބިލުން ނުފެންނަ ކަމަށާއި ބިލުގެ އަދަދުތައް ހުރީ ހަމަ މިދިއަ އަހަރުގެ މިދުވަސްވަރުގެ ބިލްތަކާއިވެސް އެއްވަރަށް ކަމަށެވެ. އަދި ޑިސްކައުންޓް ދިނުމުން ކުރީ މަހުގެ ބިލާއި އެއްވެސް ތަފާތެއްވެސް ނުފެންނަ ކަމަށެވެ. 

ސްޓެލްކޯއިން ބުނީ ބިލަށް ޑިސްކައުންޓް ލިބޭ ގޮތް ވެބްސައިޓުން އެނގެން ހުންނާނެ ކަމަށެވެ.

މިއަދު އޮންލައިން