1 ޖޫން އިން ފެށިގެން ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑު ދޫކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 41ސ
1 ޖޫން އިން ފެށިގެން ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑު ދޫކުރަނީ!

މާލޭ ސިޓީގެ ފުރަބަންދަށް ލުއިތަކެއްލިބުމާއެކު  1 ޖޫން 2020 ވަނަ ދުވަހުން ފެށިގެން ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރ އިން ޑެބިޓް އަދި ކްރެޑިޓް ކާޑު ދޫކުރަން ނިންމައިފިއެވެ.

ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ސެންޓަރުން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހައްދައިގެން އަދި ހަމައެހެންމެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށްވާތީވެ، ދުވާލަކަށް ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ 300 ކަސްޓަމަރުންނަށެވެ.

ބީއެމްއެލް އިން ބުނެފައިވަނީ ޖޫން މަހުގެ ފުރަތަމަ ދެހަފްތާގައި ކާޑު ދޫކުރުމަށް ކަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށާއި ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މިސާލަކަށް ހޯމަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އާދިއްތަ ވިލޭރޭ 12:00 އިން ފެށިގެން ހުޅުވާލެވޭނެއެވެ.

 

އެޕޮއިންޓްމަންޓް ހައްދާނީ ކިހިނެއް؟

* 455 އަށް އެސްއެމްއެސް ކުރައްވައިގެން ކާޑު ނެންގެވުމަށް އެދި ހުށަހަޅުއްވާށެވެ. އެސްއެމްއެސް ކުރައްވާނީ ތިރީގައި މިވާ ގޮތަށް ކޮންމެ މައުލޫމާތެއް ވަކި ލައިނެއްގައެވެ.

ބްރާންޗް ނުވަތަ ސަރވިސް ސެންޓަރުގެ ކީވޯޑް

އައިޑީކާޑު ނަންބަރު / ޕާސްޕޯރޓް ނަންބަރު ( ބިދޭސީއެއްނަމަ)

ނަން

މިހާރު އުޅޭ އެޑްރެސް 

މިސާލު:

CSC

AXXXXXX

Ali Ahmed

H.XXXXXXX

* އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެސްއެމްއެސްއަކުން 'ޕަރމިޓް' ފޮނުވާނެއެވެ. އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ކަސްޓަމަރ ސަރވިސް ސެންޓަރ އަށް ވަޑައިގަންނަވަންވާނެއެވެ.

ކާޑު ނެންގެވުމަށް ވަޑައިގަންނަވާއިރު ސަމާލުކަން ދެއްވަންވީ ކަންތައްތައް

ކާޑު ނެންގެވުމަށް ކަސްޓަމަރ ސަރވިސް ސެންޓަރަށް ވަޑައިގަންނަވާއިރު ތިރީގައިމިވާ ގޮތަށް އަމަލުކުރައްވަންވާނެއެވެ.

މާސްކު އެޅުން

ކަސްޓަމަރ ސަރވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުން

އަމިއްލަ ގަލަން ގެނައުން

ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން

އުމުރުން ދުވަސްވީ ބޭފުޅުންނާއި ކޮވިޑް-19ގެ ނުރައްކާ ބޮޑު ކަސްޓަމަރުންނަށް ކާޑު ހަވާލުކުރުން

ކޮވިޑް-19 ގެ ބަލީގެ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ ބޭފުޅުންނަށާއި ކޯވިޑް-19 ގެ ނުރައްކާ ބޮޑު ކަސްޓަމަރުން ބޭންކަށް ވަޑައިގަންނަވަން ނުޖެހޭ ގޮތަށް، ބޭންކުން ކާޑު ހަވާލުކުރުމަށްވަނީ ހަމަޖެހިފައެވެ.

ކާޑު ނެންގެވުމަށްޓަކައި އެސްއެމްއެސްކުރައްވާށެވެ. އެސްއެމްއެސް ކުރައްވާނީ އައިޑީކާޑު ނަންބަރު ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ  “Card Delivery” ޖެއްސެވުމަށްފަހު 7990200 ނުވަތަ 9990200 ނަންބަރަށެވެ.

މި ގޮތަށް ކާޑު ހަވާލުކުރުމަށް ބޭންކުގެ މުވައްޒަފުން ޒިޔާރަތްކުރާއިރު ކާޑު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ގޭގެ ނުވަތަ އިމާރާތުގެ ތިރީ ބައިގައިއެވެ.

 

އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/card-collection

މިއަދު އޮންލައިން