ކޮރޯނާއިން ސަމާލަތްވުމަށް ތައްޔަަރުކުރާ ވެކްސިން ކާމިޔާބުވާނެ ކަމުގެ 99% ޔަގީންކަންދެން: ޗައިނާގެ ސައިންޓިސްޓުން

ކިޔުމަށް ހޭދަވާނީ 42ސ
ކޮރޯނާއިން ސަމާލަތްވުމަށް ތައްޔަަރުކުރާ ވެކްސިން ކާމިޔާބުވާނެ ކަމުގެ 99% ޔަގީންކަންދެން: ޗައިނާގެ ސައިންޓިސްޓުން

ކޮވިޑް-19 އިން ސަލާމަތްވުމަށް ތައްޔާރުކުރާ ވެކްސިން ކާމިޔާބުވާނެ ކަމުގެ 99% ޔަގީންކަން އެބައޮތްކަމަށް ޗައިނާގެ ސައިންޓިސްޓުންތަކެއް ސްކައީ ނިއުސް އަށް މައުލޫމާތު ދީފިއެވެ.

ބީޖިންގ ގައި ހުންނަ ބަޔޮޓެކް ކޮމްޕެނީއެއް ކަމަށްވާ ސިނޮވެކް، އޮތީ މިވެކްސިން ތައްޔާރު ކުރުމުގެ ދެވަނަ މަރުހަލާގައި ކަމަށާއި މުޅިއަކު 1000 ވޮލަންޓިއަރުން މަސައްކަތް ކުރާ ކަމަށް ވެސް އެފަރާތުން ބުނެފައިވެއެވެ.

މީގެއިތުރުން އެކޮމްޕެނީން ބުނެފައިވަނީ، ވެކްސިން ތައްޔާރު ކުރުމުގެ ތިންވަނަ މަރުހަލާ އިނގިރޭސިވިލާގައި ބޭއްވުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ސިނޮވެކް އިން އެކަޑެމިކް ސައިންސް ޖާނަލްގައި މިދިޔަ މަހު އާއްމުކުރި ރިޕޯޓްގައި ބުނެފައިވަނީ އެވެކްސިނަށް ދީފައިވާ ނަމަކީ "ކޮރޯނާވެކް" ކަމަށާއި އެވެކްސިން ރާމާމަކުނުގައި ޓެސްޓުކުރިއިރު އެއެއްޗެހި ކޮވިޑް އިން ރަނގަޅުވެފައިވާ ކަމަށެވެ.

މިއަދު އޮންލައިން