ކޯވިޑާއި ގުޅިގެން އުރީދޫއިން ތައާރަފްކޮށްފައިވާ އޮފަރތަކުގެ މުއްދަތު އިތުރުކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކޯވިޑާއި ގުޅިގެން އުރީދޫއިން ތައާރަފްކޮށްފައިވާ އޮފަރތަކުގެ މުއްދަތު އިތުރުކޮށްފި!

ކޯވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފައިވާ އޮފަރތަކުގެ މުއްދަތު އިތުރުކޮށްފިއެވެ

އުރީދޫ އިން ބުނެފައިވަނީ ކަސްޓަމަރުންނަށް ލުޔެއް ހޯދާދިނުމުގެ ގޮތުން، އިތުރު ޑޭޓާ އާއި ޚާއްޞަ ޕޭމަންޓް ޕްލޭންތަކެއް މާރިޗް މަހު ތައާރަފްކޮށްފައި ކަމަށާއި މި ޕެންޑެމިކްގެ ހާލަތު އަދިވެސް ކުރިޔަށް ދަމުން ދާ ހިނދު، މި ދަތި ދަނޑިވަޅުގައި އުރީދޫ މޯލްޑިވްސްއިން މިއަދުވަނީ ކޯވިޑް 19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ބައެއް ޚާއްޞަ އޮފަރތަކުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ޖޫން މަހުގެ ނިޔަލަށް ލިބިވަޑައިގަންނަވާ ޚާއްޞަ އޮފަރތައް:

-  ޖޫން 15 ގެ ކުރިން އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކަށް 50% އިތުރު ޑޭޓާ ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25% ޑޭޓާ ޖޫން މަހުގެ ނިޔަލަށް ލިބިވަޑައިގަންނަވާނެއެވެ.

-  ސުޕަރނެޓް ފިކްސްޑް ބޮރޯޑްބޭންޑް ކަސްޓަމަރުންނަށް ދުވާލަކަށް 5 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. ނަންގަވާފައިވާ ސުޕަރނެޓް ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން،  އެދުވަހަކަށް ލިބޭ މި 5ޖީބީ ޑޭޓާ، އެޕް މެދުވެރިކޮށް ހިލޭ އެކްޓިވޭޓް ކޮށްލެވޭނެއެވެ.

ފަސޭހަ މިނީ އަލަށް ނަންގަވާ ކަސްޓަމަރުންނަށް 50% ބޯނަސް ޑޭޓާ ޖޫން މަހަށް ލިބިވަޑައިގަންނަވާނެއެވެ.

-  އެމް-ފައިސާ މެދުވެރިކޮށް ސުޕަރނެޓް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ބިލް ދެއްކެވުމުން ބިލްގެ %5 އަނބުރާ އެމް-ފައިސާ ވޮލެޓަށް ލިބިވަޑައިގަންނަވާނެއެވެ.

އުރީދޫ މޯލްޑިވްސްއިން މިނިންމުން މިގޮތަށް ނިންމާފައިވަނީ މި ޕެންޑެމިކް ކުރިއަށް ދާ ހިނދު އެއްވެސް މެދުކެނޑުމަކާއި ނުލާ، ލުއިފަސޭހަކަމާއި އެކު، ފޯނާއި އިންޓަނެޓް މެދުވެރިކޮށް މުޖުތަމައުއަށް ފުރިހަމަ މަޢުލޫމާތު ލިބި، އެކަކު އަނެކަކުގެ ހާލުބަލާ ގުޅުން ބޭއްވުމުގެ ފުރުސަތު ލިބުމަކީ މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކި، މިކަމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރާއި، އެޗް.ޕީ.އޭ އަދި ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން ކޮވިޑް-19 އާ ގުޅޭގޮތުން ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި އުރީދޫ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކުރިޔަށް އޮތް ތަނުގައިވެސް ދެމުންގެންދާނެއެވެ.

މިއަދު އޮންލައިން