އިންޑިއާގެ އާސާމް ސްޓޭޓަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެންގޮސް ވިހިމީހުން ދިރިތިއްބާ ވަޅުލެވިއްޖެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 31ސ
އިންޑިއާގެ އާސާމް ސްޓޭޓަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެންގޮސް ވިހިމީހުން ދިރިތިއްބާ ވަޅުލެވިއްޖެ!

އިންޑިއާގެ އާސާމް ސްޓޭޓަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެންގޮސް 20 މީހުން ދިރިތިއްބާ ވަޅުލެވިއްޖެއެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭއިއރު އެއް ޢާއިލާއެއްގެ 6 މީހުންވެސް ހިމެނެއެވެ. 

ރިޕޯޓްތައް ބުނާ ގޮތުން ހާލުބޮޑުވި 9 މީހަކު ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ. އެމީހުންނަށް ގެއްލުން ލިބުނީ ފުރާނަސަލާމަތްކުރަން ފެތުމުގެ ތެރޭގައެވެ. 

ބިންގަނޑު ކަނޑައިގެންދިއަ އެއް އަވަށަކީ ބަންގްލަދޭޝް އާއި އިންވެގެން އޮންނަ އަވަށެވެ. ފެންގަނޑު ބޮޑުވީ ބަރަކް ވެލީގައި ފެންގަނޑު ބޮޑުވެގެންކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަދު އޮންލައިން