މަޖިލީހުގަ އެއްވެ ހިފާ އޮޅުލުން ހުއްދަ! ގައިދުރުކޮށް މިސްކިތަށް އެރުން މަނާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
މަޖިލީހުގަ އެއްވެ ހިފާ އޮޅުލުން ހުއްދަ! ގައިދުރުކޮށް މިސްކިތަށް އެރުން މަނާ!

މަޖިލީހުގެ މެންބަރުންތައް ބޮނޑިވެ ހިފައި އޮޅުލައި ހެދި މަންޒަރު ރައްޔިތުންނަށް ރޭ ފެނިފައިވާއިރު އަދި ވެސް މިސްކިތްތަކަށް ވަނަނުދީ ބަންދުކޮށްފައި ހުރުމުން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.  

ސައުދިއަރަބިޔާ އެނޫންވެސް އިސްލާމީ ގިނަ ޤައުމުތަކުގައި ދުވާލަކު އެތައް ސަތޭކަ ބައަކަށް ކޮރޯނާ ވައިރަސް ޖެހެމުން ދިއުމާއިއެކުވެސް މިސްކިތްތައް ވަނީ ހުޅުވައިފައެވެ. މިދިއަ އާދީއްތަ ދުވަހަކީ މަސްޖިދުއް ނަބަވީ ޢާއި މަސްޖިދުލްއަޤްޞާގެ އިތުރުން ސައުދިޢަރަބިޔާގައި 90000 މިސްކިތް ހުޅުވައި ނަމާދުކުރަން ފެށި ދުވަހެވެ. 

މިކަމާއި ގުޅިގެން ބައެއް މީހުން ބުނެފައިވަނީ މިޙާލަތުގައި މިސްކިތްތައް ސާފުކޮށް ބަލަހައްޓަން ސަރުކާރަށް ދަތިކަމެއް ހުރިނަމަ ހިލޭ ސާބަހަށް މަސައްކަތްކޮށްދޭންވެސް ތައްޔާރަށް ތިބި ކމަށެވެ. 

ރާއްޖޭގައި މިސްކިތްތައް ނުހުޅުވި ލަސްވަމުންދަނީ މިސްކިތްތައް ހުޅުވައިލެވޭ ޙާލަތަށް އަދި ނުދާކަމަށް އެޗްޕީއޭ އިން ބުނާތީ އެގޮތަށް ޢަމަލުކުރަން ގިނަ ދީނީ ޢިލްމުވެރިން ލަފާ ދެއްވުމުން ކަމަށް މިއަދުނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިއަދު އޮންލައިން