ދަރަނބޫދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
ދަރަނބޫދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ފ.ދަރަނބޫދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީން އިއްޔެ ފަށައިފިއެވެ.

މިމަޝްރޫއުގައި ހިމެނެނީ ދަރަނބޫދޫގައި 410 މީޓަރު ބޭރު ތޮއްޓެއް ލުމާއި 196 މީޓަރުގެ އެއްގަމު ތޮށި ލުމާއި ފަޅުން 42،600 މީޓަރުގެ ސަރަހައްދެއް ފުންކުރުން ހިމެނެއެވެ. 

އަދި 2500 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި، 4000 އަކަ މީޓަރުގެ ނެރެއް ފުންކުރުމާއި 60 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން 10 މޫރިން ބުލޮކް ލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުންވެސް ހިމެނެއެވެ.

38.2 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ. މިމަޝްރޫ 397 ދުވަހުގެ ތެރޭ ނިންމަންޖެހެއެވެ.

 

މިއަދު އޮންލައިން