"އަހަރެންގެ ސިކުނޑިއަށް ހަމަޖެހުން ހޯދަން ވައިން ބުއިން، މިޔުޒިކް ކުޅުނިން، ޖުވާވެސް ކުޅުނިން. އެއިން އެއްވެސް ކަމަކުންހިތްހަމަޖެހުމެއް ނުލިބުނު. ނަމަވެސް މުސްލިމަކަށްވެވުމުން މިހާރު ވަނީ ހުރިހާ ހިތްހަމަޖެހުމެއް ލިބިފައި." - މަރްޔަމް
އެއީ 2016 ވަނަ އަހަރެވެ. އިޓަލީގައި ބޭއްވި މުބާރާތެއްގައި ޔޫރަޕްގެބިޔުޓީ ކްއީންގެ ދަރަޖަ ލިބުނީ ޗެޒް ރިޕަބްލިކްގެ މަރްކިޓާ ކޮރިންކޯވާއަށެވެ! އޭނާއަކީ މޮޑެލްކުރަމުން އައި އަންހެނެކެވެ. ފިލްމް ކުޅުނު އަންހެނެކެވެ. އެތައް މިލިއަން ބައެއްގެ ފޭން އެކެވެ.
މިއަހަރުގެ ފެބްރުވަރީ މަހުގެ ފަހުކޮޅެވެ. ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން އޭނާއަށް ހުޓުނެވެ. މަރްކިޓާ ކޮރިންކޯވާ އިސްލާމްވެ މަރްޔަމްއަށް ނަން ބަދަލުކުރުމުންނެވެ.

އޭނާ ބުނެފައިވަނީ އޭނާ އިސްލާމްވީ 3 އަހަރު އެކަމަށް ވިސްނުމަށްފަހުގައި ކަމަށެވެ. އަލުވެތި ކަމުން ސަލާމަތްވުމަށް ކަމަށެވެ. ހަށިގަނޑު ހާމަކޮށްގެން އުޅުމުގެ ބަދަލުގައި ނިވާކުރުމުން ލިބެން އޮތް ނިޢްމަތްތަކުގެ ދަހިވެތިކަމުގައި ކަމަށެވެ. ދުބާއީގައި އޭނާ އިސްލާމްވިކަން އިޢުލާނުކުރަމުން ބުނީ އަނހެނުންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކައުތެރިކޮށްދޭ ދީނަކީ އިސްލާމް ދީން ކަމަށެވެ. އަދި ވަގުތުން ބުރުގާއަޅައި ނިވާނީ އޭނާއަށް ޙައްޤު ޤަދަރު ލިބިގަންނަން ކަމަށެވެ.
އޭނާއަކީ އިންގްލިޝްލިޓްރޭޗަރ އިން މާސްޓަރސް ޑިގްރީ ޙާޞިލުކޮށްގެން ހުރި އަނހެނެކެވެ. ވީމާ އިސްލާމްވީ ބައިބަލްގައި ލިޔެފައި ހުރި އެއްޗެއް ނުއެނގިނެއް ނޫނެވެ. އޭނާ ވަނީ ބީބީސީއަށްވެސް މަސައްކަތްކޮށްފައެވެ. ވީމާ ހޭލުންތެރިކަންވެސް ކުޑއެއް ނުވާނެއެވެ.
"ދީނެެއްގެ ގޮތުގައި އިސްލާމް ދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުށްޓެވެ. އަދި، آއާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އާލްޢިމްރާން: 85) މިއާޔަތަށް ޢަމަލުކުރުމުން ނޫނީ އާޚިރަތް ދުވަހު ސަލާމަތްކަމެއް ނެތްކަން ވިސްނުނީއެވެ.
ދުނިޔއިން މަޝްހޫރު ކަމާއި ފައިސާ އާއި އެފަދަ ހުރިހާ ކަންކަން އޭނާ ދުއްކޮށްލީ ހަމަ އެންމެ ބޭނުމަކުއެވެ.
"އަދި އީމާން ވެ ޞާލިޙް ޢަމަލް ތައް ކުޅަމީހުން (ދަންނާށެވެ!) އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކުގެ އެންމެމަތީ ދަރަޖަތަކަށް ތިމަންރަސްކަލާނގެ އެއުރެން ލައްވާހުށީމެވެ. އެއުރެން އެތަންތާނގައި ދެމިތިބޭ ގޮތުގައެވެ. ހެޔޮ ޢަމަލު ކުޅަ މީހުންނަށްހުރި ދަރުމައިގެ މޮޅުކަމާއެވެ!" (އަލްޢަންކަބޫތު: 58) މިއާޔަތުގައިވާ ނިޢްމަތްތައް ލިބިގަތުމަށެވެ.