އުރީދޫ އިން އެމް-ފައިސާގެ ހާއްސަ ކޭޝްބެކް އޮފަރއެއް ތައާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
އުރީދޫ އިން އެމް-ފައިސާގެ ހާއްސަ ކޭޝްބެކް އޮފަރއެއް ތައާރަފްކޮށްފި

 

އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފަރއެއް ތައާރަފްކޮށްފިއެވެ.

މި އޮފަރގެ ދަށުން، އެމް.ފައިސާ މެދުވެރިކޮށް ކުރައްވާ ކޮންމެ ޕްރީޕެއިޑް ރީޗާރޖްއަކާއި އެކު ރިޗާރޖް ކުރެއްވި އަދަދުގެ %5 އަނބުރާ އެމް-ފައިސާ ވޮލެޓަށް ރައްދުކުރެވޭނެއެވެ. މީގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ޕޯސްޓްޕެއިޑް، ސުޕަރނެޓް އަދި ފަސޭހަ ބިލް ދައްކާލުމުން ބިލްގެ %5 ވެސް އަނބުރާ ވޮލެޓަށް ޖަމާވާނެއެވެ.

މި އޮފަރ އެކުންފުނިން ތައާރަފް ކޮށްފައިވަނީ، ފުރަބަންދު ލުއިވެގެންދިޔަކަމުގައިވިޔަސް، ރައްކާތެރިކަން އިޚްތިޔާރުކޮށް، ބިލް ދެއްކުން، ރީޗާރޖް ކުރުން ފަދަ ޑިޖިޓަލްކޮށް ފޯރުކޮށްދެވޭ ޚިދުމަތްތައް ޑިޖިޓަލްކޮށް ލިބިގަތުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

އެމް-ފައިސާ މެދުވެރިކޮށް ބިލް ދެއްކެވުމަށް:

 

1. އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ އަށް ލޮގިން ކުރައްވާ: http://ore.do/app

2. އެމް-ފައިސާ ސަރވިސަސް އިން "ޕޯސްޓްޕެއިޑް"، "ސުޕަރނެޓް"، "ފަސޭހަ" ނުވަތަ " ޕްރީޕެއިޑް ރީޗާރޖް" ނަންގަވާ

3. ޕްރީޕެއިޑް ނަންބަރު، ޕޯސްޓްޕެއިޑް ނަންބަރު، ސުޕަރނެޓް އައިޑީ ނުވަތަ ފަސޭހަ ނަންބަރު ޖައްސަވާ

4. ބިލްގެ އަދަދު ޖެއްސެވުމަށްފަހު PROCEED އަށް ފިތާލައްވާ

5. ފޯނަށް ލިބިވަޑައިގެންނެވި އޯޓީޕީ ނަންބަރ ޖައްސަވާ ޕޭމަންޓް ޔަގީންކުރައްވާ

 

ބިލަށް ފައިސާ ދެއްކެވުމުން ނުވަތަ ޕްރިޕެއިޑް ރިޗާރޖް ކުރެއްވުމުން، ފައިސާ ދެއްކެވި އަދަދު ނުވަތަ ރިޗާރޖް ކުރެއްވި އަދަދުގެ %5 ވޮލެޓަށް ޖަމާވިކަމުގެ އެސް.އެމް.އެސް އެއް ލިބިވަޑައިގަންނަވާނެއެވެ.

އެމް-ފައިސާ އަށް ރެޖިސްޓަރކުރުމަށް:

1. އުރީދޫ އެޕް ޑައުންލޯޑްކުރައްވާ http://ore.do/app

2. އެމް-ފައިސާ ޚިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލައްވާ

3. މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ

4. މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖައްސަވާ

5. ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެއްސެވުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ

6. ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ.

 

ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން