ޗައިނާއިން އިތުރު ސާމާނުތަކެއް ހަދިޔާކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ޗައިނާއިން އިތުރު ސާމާނުތަކެއް ހަދިޔާކޮށްފި!

ކޮރޯނާ ވައިރަސް އާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން އިތުރު ސާމާނުތަކެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ. 

މިއަދު ރާއްޖެ ގެނެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ 5000 މެޑިކަލް ޕްރޮޓެކްޓިވް ފޭސް މާސްކާއި 50،000 ސަރޖިކަލް މާސްކާއި، 5000 ޑިސްޕޯސެބަލް ކަވަރޯލް އަދި 5000 މެޑިކަލް ގޮގްލްސް އެވެ. 

މިއީ ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި މިފަދަ 3 ވަނަ ޝިޕްމަންޓެވެ. ކޮރޯނާ ވައިރަސް އާއި ގުޅިގެން މިހައިތަނަށް ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ ޗައިނާ، ޖަޕާން އަދި ސިންގަޕޫރުގެ ކުންފުނިތަކުންނެވެ. 

 

މިއަދު އޮންލައިން