ޤިޔާމަތް ދުވަހު ތިބާގެ އަމިއްލަ އަތް ނުފެންނާނެ މީހަކު ކަމުގައި ތިބާ ވެއްޖެ ނަމަ...!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޤިޔާމަތް ދުވަހު ތިބާގެ އަމިއްލަ އަތް ނުފެންނާނެ މީހަކު ކަމުގައި ތިބާ ވެއްޖެ ނަމަ...!

ﷲ ތަޢާލާއަށް އުރެދި ކާފިރުންގެ މަގު ޚިޔާރުކުރާ މީހުންނަށް ﷲ ތައާލާ ވަނީ ވަރަށް ގިނަ އިންޒާރުގެ ބަސްފުޅުތައް ވަޙީކުރައްވަވައިފައެވެ. އެމީހުންނަށް ޤިޔާމަތް ދުވަހު ކުރިމަތިލާންޖެހޭނެ ކަންކަން ވަނީ ބަޔާން ކުރައްވަވައިފައެވެ. 

ޙިސާބު ބައްލަވައި ﷲ ތަޢާލާގެ ޙުކުމްފުޅު އިއްވަވަންދެން އެންމެންވެސް ތިބޭނީ އިންތިޒާރެއްގައެވެ. ކާފިރުންވެސް އުންމީދުތަކެއް ކުރާނެއެވެ. އެވަގުތުގެ ބިރުވެރިކަމުގެ ބޮޑުކަމާއެވެ. 

ކާފިރުވި މީހުންގެ ޙާލަށް ވިސްނައިލާސެވެ! "މަތިމައްޗަށްހުރި އަނދިރިތަކެކެވެ. އެމީހާގެ އަތް ނެރުނަސް، އެ ފެންނާންވެސް ގާތްނުވެއެވެ. ފަހެ، އެމީހަކަށް ﷲ އަލިކަމެއްލައްވާފައި ނުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް އެއްވެސް އަލިކަމެއް ނުވެއެވެ."

ﷲ ތަޢާލާ ދެއްވެވި އަލިކަމެއް ފިޔަވައި އެއްވެސް އަލިކަމެއް ނުލިބޭނެ ދުވަހަށް ބިރުވެތިވާށެވެ! ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އެއަލިކަން ލިބުން ވަނީ ދުނިޔޭގައި ހޭދަކުރަން މިލިބޭ ވަގުތުކޮޅުގައި އެ އަލިކަން ހޯދި މީހަކަށެވެ! އަލިކަން ހިފައިގެން މަޙްޝަރު މައިދާނަށް ދިއަ މީހަކަށެވެ. 

"ކާފިރުވި މީހުން (ދަންނާށެވެ!) އެއުރެންގެ ޢަމަލުތައް ވަނީ، ތަނަވަސް ހުސްބިމެއްގައިވާ އަވާމެންދުރެއް ފަދައިންނެވެ. އަނގަ ހިއްކައިގެންފައިވާ މީހާ، އެއީ ފެންކަމަށް ހީކުރެތެވެ. އޭނާ އޭގެކައިރިއަށް އަތުވެއްޖެ ހިނދު، އޭނާއަށް (އޭނާ ހީކުރި) އެއްޗެއް ނުފެނުނެވެ. އަދި އޭނާއަށް އެތަނުން ފެނުނީ، ﷲ ގެ ނިޔާފުޅެވެ. ފަހެ، އެމީހާގެ ޙިސާބު، އެކަލާނގެ އެމީހާއަށް ހަމައަށް ދެއްވައެވެ. ﷲއީ، ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަންނޫރު: 39)

ނުވަތަ ފުން ކަނޑެއްގައިވާ އަނދިރިތަކެއްފަދައެވެ. އެ ކަނޑުގައި ފެތުރިފައިވަނީ، މަތިމައްޗަށް ހުންނަ ރާޅުތަކެވެ. އޭގެމަތިން ވިލާތައްވެއެވެ. މަތިމައްޗަށްހުރި އަނދިރިތަކެކެވެ. އެމީހާގެ އަތް ނެރުނަސް، އެ ފެންނާންވެސް ގާތްނުވެއެވެ. ފަހެ، އެމީހަކަށް ﷲ އަލިކަމެއްލައްވާފައި ނުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާޔަށް އެއްވެސް އަލިކަމެއް ނުވެއެވެ." (އަންނޫރު: 40)

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން