ނިޔޔުޒީލަންޑުގެ ބޮޑުވަޒީރު ޖަސިންދާ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެްމެ 2 އަހަރު ތެރޭ ޤައުމުގެ ފަޤީރުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވައި ފަޤީރުންގެ މޫނަށް ހިނިތުންވެސް ގެނެސް ދެއްވައިފިއެވެ.
ރައްޔިތުންނަށް އަމާންކަމާއި ރައްކަތެރިކަން އަދި ބޭނުންވާ ޚިދުމަތްތައް ފުރިހަމަކޮށްދެއްވުމަށްޓަކައި ފުލުހުން ފަހަތުން ދުވެވަޑައިގަތީއެއް ނޫނެވެ. ފުލުހުންގެ އަދަދު އިތުރުކުރައްވައި ޚިދުމަތް ފުޅައުކުރެއްވީއެވެ.
އިޤްޠިޞާދީ ކުރިއެރުން ހޯއްދެވީ ކުންފުނިތަކުގެ ވެރިންނަށް، އެކަމަނާގެ ޕާޓީގެ އެކްޓިވިސްޓުންނަށް ކަންކަން ޙަވާލުކުރައްވައިގެނެއް ނޫނެވެ. ޤައުމުގެ މާލީ މުއްސަނދިކަން އިތުރުކުރައްވަން ޤައުމީ ފެންވަރުގައި މަސައްކަތްކުރައްވައިގެންނެވެ.
އެކަމާނާ ކޮށްދެއްވި ކަންކަން ހަމައެކަނި ދުލުން ހާމަކުރެއްވީއެއް ނޫނެވެ! ރައްޔިތުންނަށް ފެންނަން އެބަހުއްޓެވެ!
ޚަބަރުގައިވާ ވީޑިއޯ ބައްލަވައިލައްވާ!
Imagine having a leader like this. pic.twitter.com/QN3mVzu0yb
— Ben McKenna (@benmckenna) June 16, 2020