އޭނާގެ ވާހަކަ އަހަރެންވެސް ދިރާސާކުރީމެވެ. ބައެއް ލިޔުންތައްވެސް ކިޔައި މައުލޫމާތު ހޯދީމެވެ. އެކަންކަމުން އަހަރެންނަށް ވިސްނުނު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ކުއްލިއަކަށް އޭނާގެ ބަނޑަށް ތަދުވެ، ބަނޑު ފުފި ބަނޑުގައި އެއްޗެއް ދުވާހެއް ހީވެ އަދި ބަނޑަށް އަނިޔާކުރާ ކަމަށް އޭނާއަށް އެހީވީ ހަމަ ޙަޤީޤަތުގައިވެސް އެނާގެ ބަނޑަށް އެއްޗެއް ވަނުމުންނެވެ.
އޭނާ ވަޅުލަން އުޅުނު ވަގުތު ޤަބުރު އެތެޅިގަތީވެސް އެއެއިތި ތެޅިގަތުމުންނެވެ. އަދި ބަނޑުން ލޭތައް ބޭރުވެގެން އެދިއައީ އެއެތި އޭނާގެ ބަނޑުފަޅާލާފައި ނުކުމެގެން ދިއުމުންނެވެ. ޤަބޫލުކުރެވޭ ގޮތުގައި އެކަން އެގޮތަށް މެދުވެރިވީ އެކަން މީސްތަކުންގެ ލޮލަށް ދައްކަވަން ﷲ މިންވަރު ކުރެއްވެވުމުންނެވެ. ނޫންނަމަ ނުފެނި ހަށިގަނޑަށް ވަން ފަދައިން ނުފެނި ނުކުމެގެންވެސް ދެވުނީހެވެ! އެއީ ޖިންނިންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ ބާރެކެވެ!
ރޫޙާނީ ގޮތުން ހިނގާ މިބާވަތުގެ އެއްވެސް ކަމެއް ސާބިތުކުރަން ޑޮކްޓަރީ ގޮތުން ކުރެވޭނެ މާބޮޑުކަމެއް ނުއޮންނާނެއެވެ. އެވަގުތު ބަނޑު ސްކޭންކުރި ނަމަވެސް ސްކޭނުންވެސް ނުފެންނާނެތީއެވެ! އެއީ ޖިންނިން ޚާއްޞަ ޙާލަތްތަކެއްގައި ނޫނީ އިންސާނުންނަށް ނުފެންނާތީއެވެ.
މިސާލަކަށް ބުނާނަމަ ރުޤްޔާ ކުރާ ވަގުތުވެސް ބައެއް ޙާލަތްތަކުގައި ޖިންނި އައިސް އުނދަގޫޓައްކުރާކަން އެނގެއެވެ. އޭނާއަށްވާ ގޮތްތަކާއި ތެޅިފޮޅޭތަނާއި އަންނަ ބަދަލުތައްވެސް ފެނެއެވެ. ނަމަވެސް އެތާ ތިބޭ މީހުންނަކަށް ޖިންނިއެއް ނުފެނެއެވެ. ޖިންނި ދައްކާ ވާހަކަތަކަށް ޖިންނި އާއި ގުޅިފައިވާ، ނުވަތަ އެމީހެއްގެ މައްޗަށް ޖިންނި ބާރުފޯރުވާފައިވާ އިންސާނުން ޖަވާބުދޭ އަޑު އިވެއެވެ. ނަމަވެސް ޖިންި ދައްކާ ވާހަކަ އަޑެއް ނުއިވެއެވެ.
މިއީ މާކުރީ ޒަމާނުގައި ހިނގައި ނިމިފައިވާ ކަންކަމެއް ނޫނެވެ! ހަމަ މިހާރުވެސް ހިނގަމުން އަންނަ ކަންކަމެވެ. ރަނގަޅަށް ރުޤްޔާކޮށްގެން ކަވާ ޖަހާ މީހުންނާއި ވެސް ދަނީ ހަމަ މިފަދަ މައްސަލަތައް ކުރިމަތިވަމުންނެވެ. ކަވާ ޖަހަމުން ދަނިކޮށް މީހާއަށް ގޮތްވެ ބޭރުވެފައިވާ ނަޖިސް ލޭތައް ބޯން އުޅުން ފަދަ ކަންކަން ދިމާވާކަން ވެސް އެކަންކުރާ މީހުންގެ ކިބައިން ދަނީ އެނގެމުންނެވެ. އެކަން އެކުރަނީ އޭނާގެ ހަށިގަނޑަށް ވެރިވެގަނެގެން އުޅޭ ރޫޙާނީ ބާރުގެ ބާރާއި ނުފޫޒުގައެވެ.
މެލޭސިޔާފަދަ ރުޤްޔާކޮށްގެން ކަވާ ޖެހުމުގެ ކަންކަމުގައި ކުރިއަރާފައިވާ ބައެއް ޤައުމުތަކުގެ ނޫސް މަޖައްލާތަކުގައި މިފަދަ ވާހަކަތައް މިހާރުވެސް އެގެންދަނީ ޝާއިޢުކުރަމުންނެވެ!
- މިއީ މިއަދުނޫހުގެ ދެ ކިޔުންތެރިއަކު މިއަދުނޫހާއި ޙިއްޞާކުރައްވާފައިވާ މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ.
ގުޅުންހުރި ލިޔުން: