ދަރިން ދިރި ތިއްބާ މަރަން ނޫނީ ދަރިންނަކީ ދެރަ، ހުތުރު ކުއްޖެއް ކަމަށް ނުބުނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ދަރިން ދިރި ތިއްބާ މަރަން ނޫނީ ދަރިންނަކީ ދެރަ، ހުތުރު ކުއްޖެއް ކަމަށް ނުބުނާށެވެ!

ބައެއް މީހުން އެއްވެސް ވަރަކަށް ވިސްނައިލުމެއްނެތި ދަރިންނާއި ދިމާޢަށް ބުނެގެން ނުވާނެ ބަސްތައް ބުނެއެވެ. ދަރިފުޅަކީ ތޫނުފިލިކަމެއް ނެތް، ދެރަ، އަދި ހުތުރު ކުއްޖެއް ކަމަށްވެސް އެބަ ބުނެއެވެ. 

މިފަދަ ބަސްތައް ޚާއްޞަކޮށް މައިން ބަފައިން ބުނުމުން އެކުދިންނަކީ އެފަދަ ކުދިން ކަމަށް ކުދިންނަށް ޤަބޫލުކުރެވެއެވެ! ނަތީޖާއެއްގެ ގޮތުން ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ކުޑަވެގެނެދެއެވެ. މޮޅުވާނެ ކުއްޖެއް ނޫން ކަމަށާއި ސިފަ ހުތުރު ކުއްޖެއް ކަމަށްވެސް ޤަބޫލުކުރެއެވެ. 

އެކަން އެގޮތަށް މެދުވެރިވަނީ އެކުދިންގެ މޮޅުކަމާރި ރީތިކަމުގެ އަގު އެންމެ ބޮޑަށް ވަޒަންކުރަންޖެހޭ ބައިންބަފައިން އެފަދަ ބަސްތައް ބުނުމުންނެވެ! އުންމީދުތައް ކެނޑިގެންދަނީއެވެ! މިފަދަ ޙާލަތަށް ދަރިން ވައްޓާލުމަކީ ދަރިން ދިރިތިއްބައި މަރައިލުން ފަދަ ކަމެކެވެ! 

އެންމެ ފަހަރަކަށް ނަމަވެސް ހިތަށް ގެންނަންވީ ތިމާ އާއިމެދު އެފަދަ ބަހެއް ތިމާގެ މައިން ބަފައިން ބުނެފި ނަމަ، ޚާއްޞަކޮށް ކުޑައިރު، ތިބާގެ އަމިއްލަ އެއްވެސް ބާރެއް ނުފޯރުވޭ އުމުރުގައި ހުރިހާ ކަމެއް މައިން ބަފައިން ބަލަހައްޓައިދޭ ޢުމުރުގައި ބުނެފިނަމަ ތިމާގު ހިތަށް ކުރާނެ އަސަރަށެވެ! ތިމާއަށް ކުރެވޭނެ އިޙްޞާޞް ތަކަށެވެ. 

20 ދަރިވަރުން ތިބޭ ކްލާހެކެވެ! ދަރިފުޅަށް 5 ވަނަ ލިބުނިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ ކިޔަވަނީ 10 މާއްދާއެވެ! އެންމެ މާއްދާއަކުން ފޭލްވިނަމަ ވާނީ ކީއްހެއްޔެވެ؟ ކްލާހުގައި ތިބި 15 ކުދިން ފަހަތަށް ޖައްސާފައި 16 ވަނަ ލިބުނީމާ ދަރިފުޅަކީ ދެރަކުއްޖަކަށްވާންވީ ކީއްވެގެން ހެއްޔެވެ؟ ކިޔެވި 10 މާއްދާގެ ތެރެއިން 9 މާއްދާއިން ފާސްވީމާ ދަރިފުޅަކީ ތޫނުފިލި ކުއްޖަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ 

ކިޔެވުމުން ފޭލްވި ކިތައް މީހުންނަށް އެމީހުންގެ އަމިއްލަ މަސައްކަތުން ކުރިއަރައި މިލިއަނަރުންނަށްވުމުން ނުވަތަ އެހެންވެސް ގޮތަކުން ކާމިޔާބީ ޙާޞިލުކުރުމުން އެތައް ބައިވަރު ޔުނިވަރސިޓީތަކުން "އޮނަރަރީ ޑޮކްޓޮރޭޓްކަން" ދީފައިވޭ ހެއްޔެވެ؟ އިހާނެތި ބަސްތައް ބުނެ އަމިއްލަ ދަރިން މަރަމުން ގެންދާއިރު މިކަންކަމަށް ވިސްނައިވެސް ނުލަނީ ކީއްވެގެން ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން