ސިފައިންނާ ފުލުހުންގެ މުއައްސަސާ ބަދުނާމުކުރަނީ އިޞްލާހްކުރުމުގެ ނިޔަތަކު ނޫން!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ސިފައިންނާ ފުލުހުންގެ މުއައްސަސާ ބަދުނާމުކުރަނީ އިޞްލާހްކުރުމުގެ ނިޔަތަކު ނޫން!: ރައީސް ޞާލިޙް

މީހަކު ނުވަތަ ބައަކު ކުރާ ކަމަކާއި ގުޅިގެން ސިފައިންނާއި ފުލުހުންގެ މުއައްސަސާ ބަދުނާމުކުރަނީ އިޞްލާހްކުރުމުގެ ނިޔަތުގައި ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ނޫސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ކޮންމެ މުއައްސަސާއެއްގައިވެސް ރަނގަޅު ނޫން ކަންކަން ކުރާ ބައަކު ތިބެދާނެ ކަމަށާއި ސިފއިންނާއި ފުލުހުންގެ މުއައްސަސާގައި ހުރި ކަންކަން ރަނގަޅު ކުރުމަށް މަސައްކަތްކުރެވެމުން އަންނަ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ މިމޭރުމުން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ހިންގާ ދައުލަތުގެ އެއް ބާރުން ގެންދަނީ ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ. އެ މުއައްސަސާގެ ނަމާއި ކުލަ އާއި ފުލުހުންގެ މައި އިދާރީ މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގެ ނަން ބަދަލުކުރަން ޖެހޭކަންވެސް ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން