ކޯލިޝަން ދެމި އޮނަނާނެ! ރައްޔިތުން ވެރިކަން ޙަވާލުކުރީ ކޯލިޝަން ސަރުކާރަކާ!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ކޯލިޝަން ދެމި އޮނަނާނެ! ރައްޔިތުން ވެރިކަން ޙަވާލުކުރީ ކޯލިޝަން ސަރުކާރަކާ!: ރައީސް ޞާލިޙް

ރައްޔިތުް ވެރިކަން ހަވާލުކުރީ ކޯލިޝަން ސަރުކާރަކާއި ކަމަށްވުމުން ރާއްޖޭގައި މިހާރުވެރިކަން ކުރާ ސަރުކާރު ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ސަރުކާރުގެ ތެރެއިން ޕާޓީތަކަށް ލިބެން ޖެހޭ ހިއްޞާ އެގޮތުގައި ދަހަމަހައްޓަވާނެ ކަމަށެވެ. އަދި ހައުސިންގ މިނިސްޓްރީ އުވާލެއްވީވެސް ކޯލިޝަނުގައި މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށެވެ. 

ކޯލިޝަން ދަމަހައްޓަވަން ކުރއްވަން ޖެހިވަޑައިގަންނަވާ ކޮންމެ މަސައްކަތެއްވެސް ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ހިންގާ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެންބަރުން ގެންދަނީ ކޯލިޝަން އުވާލަން ޖެހޭކަން ހާމަކުރަމުންކަން ފާހަގަކުރެވެއެވެ!

މިއަދު އޮންލައިން