ޢަޞްރު ނަމާދަށްފަހު ދަރިންނާ އަޅުގަނޑުމެންގެ ޙައްޤުގައި މި ދުޢާކޮށްލެއްވުން ކީއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ޢަޞްރު ނަމާދަށްފަހު ދަރިންނާ އަޅުގަނޑުމެންގެ ޙައްޤުގައި މި ދުޢާކޮށްލެއްވުން ކީއްތޯ؟

"ޔާ ﷲ! އަޅަމެންނާއި އަޅަމެންގެ ދަރިންނަށް ކޮރޯނާ ވައިރަސްގެ ސަބަބުން ކުރިމަތިވި ދަތިތަކާއިހުރެ އުލެންޖެހިފައިވާ ނިކަމެތި ޙާލު އިނބަ ﷲ 7 އުޑުމަތިން ބައްލަވާވޮޑިގެންވަމުއެވެ! އަޅަމެންގެ މައްޗަށް ރަޙުމްކުރައްވަވާނދޭވެ! 

މި ދަތިތަކުން އަޅަމެން މިންޖުކުރައްވަވައި ދެއްވަވާނދޭވެ! އަދި ކޮރޯނާ ވައިރަސްގެ ވަބާއިން އަޅަމެން އެންމެން ސަލާމަތް ކުރައްވަވައިދެއްވަވާނދޭވެ! 

އަޅަމެންނަށް ވަނީ ފާފަތައް ކުރެވިފައެވެ! އިނބަ ﷲ އަށް ނުކިޔަމަންތެރިވެވިފައެވެ! އަޅަމެންގެ ފާފަތައް ފުއްސަވައި ދެއްވަވައި އަޅަމެންގެ ތައުބާ ޤަބޫފުޅުކުރައްވަވައި ދެއްވަވާނދޭވެ! އާމީން"

މިއަދު އޮންލައިން