ބޮލީވުޑްގެ ރަސްގެފާނު އަމީތާބް ކޮރޯނާއަށް ޕޮޒިޓިވްވުމުން އެޑްމިޓްކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ބޮލީވުޑްގެ ރަސްގެފާނު އަމީތާބް ކޮރޯނާއަށް ޕޮޒިޓިވްވުމުން އެޑްމިޓްކޮށްފި!

އިންޑިއާގެ ފިލްމްއިންޑަސްޓްރީ، ބޮލީވުޑުގެ ރަސްގެފާނު އަމީތާބް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވުމުން މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފިއެވެ. 

ޓްވިޓަރ މެދުވެރިކޮށް އެކަން ހާމަކުރަމުން އަމިތާބް ބުނެފައިވަނީ ޢާއިލާގެ އެންމެން ވެސް ޓެސްޓްކުރަމުން ގެންދާ ކަމަށާއި ފާއިއތުވި 10 ދުވަހު އޭނާ އާއި ބައްދަލުވި އެންމެން ވެސް ޓެސްޓްކުރުމަށް އެދޭ ކަމަށެވެ. 

ހޮސްޕިޓަލުން ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ގެންދެވުނީ ރޭ 10 ޖެހިއިރު ކަމަށާއި ގެންދެވުނީ ނޭވާލާން އުނދަގޫވެގެން ކަމަށެވެ. 

މިޚަބަރު ޢާންމުވުމުން އަމިތާބްގެ އެތައް ިމލިއަން ސަޕޯޓަރުން ގެންދަނީ އޭނާއަށް ހެޔޮދުޢާކުރަމުންނެވެ. 

މިއަދު އޮންލައިން