ކޮރޯނާ ވައިރަސް ފެތުރުން އިތުރުވާކަމުގެ ސިގްނަލްތައް ދަނީ ލިބެމުން ކަމަށާއި އެހެންކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ފާހަގަކުރުގޮތުގައި އެއްވެސް ކްލަސްޓަރަކާއި ނުގުޅޭ މީޙުން ޕޮޒިޓިވްވުނަ އަންނަނީ އިތުރުވަމުންނެވެ. އަދި އެއިގެ މާނައަކީ ނުފެނި ގިނަބައަކަށް ބަލިޖެހިފައި ތިބުމެވެ. "އެހެން އެވަނީ ބަލި ޖެހުނު ނަމަވެސް ގިނަ ބައަކުގެ ކިބައިން އެއްވެސް ޢަލާމާތެއް ނުފެންނާތީ!
"ކޮންޓެކްޓް ޓއރޭސިން އަށް ސާމްޕަލް ނެގުމުންވެސް ބައެއް މީހުން އެބަ އޮފީހަށްވެސް ދޭ! އެޗްޕީއޭއިން އިލްތިމާސްކުރަނީ ކޮންޓެކްޓް ޓްރޭސިން އަށް ސާމްޕަލް ނަގައިފިނަމަ ނަތީޖާ ލިބެންދެން ގޭގަ މަޑުކުރަން!"
ޑރ. ޢަލީ ލަޠީފް ވިދާޅުވީ އަދި ބައްޔަށް ޕޮޒިޓިވްވަނީ 5 އިންސައްތައަށްވުރެ ދަށުން ކަމަށާއި ޕޮޒިޓިވްވާ މީހުންގެ ޢަދަދު 20 އިންސައްތައަށް އަރައިފިނަމަ ޚާއްޞަ ޙާލަތަށް ދާން ޖެހިދާނެ ކަމަށެވެ. އެއިރުން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވެ ކޮންޓްރޯލް ނުކުރެވި އަތްނުފޯރާ ފަށަށް ކަންކަން ހިނގައިދާނެ ކަމަށެވެ.
އެޗްޕީއޭ އިން މިފަދަ އިލްތިމާސްތައް ކުރަމުން ދިއަ ނަމަވެސް ޢާންމު ޙާލަތަކަށް ދޫކޮށްލުމުން ގިނަ ބައަކު ބައްޔާއިމެދު ފަރުވާކުޑަކުރަން ފަށާފައިވާކަމުގެ ކަންބޯދުވުން ދަނީ އިތުރުވަމުންނެވެ!