އެޕަލްގެ ބާރުގަދަ އަދި އެންމެ އަގުހެޔޮ ފަހުގެ އައިފޯން އެސްއީ މޫލީ މެދުވެރިކޮށް މިހާރު ބައްލަވައިގަނެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އެޕަލްގެ ބާރުގަދަ އަދި އެންމެ އަގުހެޔޮ ފަހުގެ އައިފޯން އެސްއީ މޫލީ މެދުވެރިކޮށް މިހާރު ބައްލަވައިގަނެވޭނެ!

އުރީދޫ މޯލްޑިވްސްއިން މިއަދު، އެޕަލް ގެ ބާރުގަދަ އަދި އެންމެ އަގުހެޔޮ، ފަހުގެ އައިފޯން އެސްއީ މިއަދު ރާއްޖެއަށް ލޯންޗްކޮށްފިއެވެ. ފަހުގެ އެހެން އައިފޯނުތަކާ އަޅާ ބަލާއިރު ސައިޒުން ކުޑަ ކަމުގައި ވީނަމަވެސް މި ބާރުގަދަ ފޯނު ފަރުމާ ކުރެވިފައިވަނީ ސްމާރޓް ފޯނުތަކުގައި ބޭނުންކުރެވޭ އެންމެ އަވަސް ޗިޕް ކަމުގައިވާ އޭ13 ބައޯނިކް ޗިޕް ބޭނުންކޮށްގެނެވެ. މީގެ އިތުރުން އައިފޯން މޮޑެލްތަކުގެ ތެރެއިން އެންމެ ވަރުގަދަ ސިންގަލް ކެމެރާ ސިސްޓަމް ހަރުކުރެވިފައިވަނީވެސް މި ލޯންޗްކުރެވުނު އައިފޯން އެސްއީގައެވެ. އައިފޯން އެސްއީ (ޖެން 2) ގެ އަގުތައް އަގު (ރފ.) ސްޓޯރޭޖް ހޭންޑްސެޓް 9,399 128 ޖީބީ އައިފޯން އެސްއީ (ޖެން 2) 11,499 256 ޖީބީ އައިފޯން އެސްއީ (ޖެން 2)

"ދިވެހިންނަކީ ފަހުގެ ޓެކްނޮލޮޖީތައް ބަލައިގަނެ، ބައިނަލްއަޤްވާމީ މާކެޓަށް ތައާރަފް ކުރާ އެންމެ ފަހުގެ އަދި އެންމެ އެޑްވާންސް އުފެއްދުންތައް، އެންމެ އަވަހަށް ގަތުމަށް އަބަދުވެސް ޝައުގުވެރިވާ ބައެއް. އެހެންކަމުން، އުރީދޫ ކަސްޓަމަރުންނަށް އައިފޯނުގެ މި ބާރުގަދަ އަދި އެންމެ އަގުހެޔޮ ފަހުގެ އައިފޯން އެސްއީ ފަސޭހަކަމާއެކު ބައްލަވައިގަތުމަށް މަގު ފަހިކޮށްދިނުމަކީ އަޅުގަށޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް." އުރީދޫގެ އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވިއެވެ.

މިއަދު ލޯންޗްކުރެވުނު އައިފޯން އެސްއީ އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ބައްލަވައިގަނެ، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެއެވެ. މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް http://ore.do/app އަށް ޒިޔާރަތް ކުރަށްވާށެވެ.

 

މިއަދު އޮންލައިން