ރައްޔިތުން ބޭނުންވާގޮތަށް ބައިނަލްއަޤްވާމީ ކަންކަމުގަ އަނގަހުޅުވާލުމުގެ މިނިވަންކަން މިއަދު ރާއްޖެއަށް އެބަ އޮތްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ރައްޔިތުން ބޭނުންވާގޮތަށް ބައިނަލްއަޤްވާމީ ކަންކަމުގަ އަނގަހުޅުވާލުމުގެ މިނިވަންކަން މިއަދު ރާއްޖެއަށް އެބަ އޮތްތޯ؟

"އަޅުގަނޑުވެސް ދިވެހި ޚާރިޖިއްޔާގައި ޚިދުމަތްކުރީމެވެ. ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ބައިވެރިވީމެވެ. އެއިރު އެހެން ޤައުމުތަކުން ތިބެނީ ރާއްޖެއިން ބުނެފާނެ ބަހަށް ބިރުންނެވެ. ބަސް ބުނަމުން ގެންދިއައީ އިސްލާމް ދީނާއި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާކުރާނެ ގޮތަށެވެ!" ޝަހީދު ޒަކީ 

ރާއްޖެއަށް މިއަދު މިފަދަ މިނިވަންކަމެއް އެބައޮތްތޯއެވެ؟ ރާއްޖެއަށް ބަސްބުނަން މިޖެނީ އެހެން ބައަކު ބުނާގޮތަށް ނޫންތޯއެވެ؟ ރާއްޖެއަކީ މިވެނި ޤައުމެއްގެ  ޕަޕެޓެއްކަމަށް އިސްލާމީ ބޮޑެތި ޤައުމުތަކުން ބުނަން ޖެހޭ ހިސާބަށް ރާއްޖޭގެ ޙާލަތު ގޮސްފައިވުމުން ރާއްޖޭގެ މިނިވަންކަން މިއަދު އޮތް ޙާލަތާއިމެދު ސުވާލު ނުއުފެދޭތޯއެވެ؟ 

މިއަދު އަޅުވެތިވެފައިވާ ޤައުމުތަކުގެ ދިދައިން ކަޅުފަށެއް ނުފެނެއެވެ. ނަމަވެސް އެއިގެ މާނައަކީ އެ ޤައުމުތަކަކީ މިނިވަން ޤައުމުތަކެއްކަމުގައިވުމެއް ނޫނެވެ! މިހާރު އަޅުވެތިކުރަނީއެއް ނޫނެވެ! ޕަޕެޓުންނަށް ހަދަނީއެވެ!  

ހިތަށް ގެންނަވާށެވެ! ރާއްޖޭގެ މިނިވަންކަމަށްޓަކައި ޤުރްބާންވެވަޑައިގެންނެވި ލީޑަރުން މިއަދު ދުނިޔޭގައި ތިއްބެވި ނަމަ އެބޭފުޅުންގެ ހިތްޕުޅަށް ކުރާނެ އަސަރާއިމެދުގައެވެ.

މިއަދު އޮންލައިން