ކޮރޯނާ ފެތުރުމާ ޖަމާއަތުގަ ނަމާދުކުރުމާ ގުޅުންހުރިނަމަ ގިނައިން ޕޮޒިޓިވްވާނީ ބިދޭސީން ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކޮރޯނާ ފެތުރުމާ ޖަމާއަތުގަ ނަމާދުކުރުމާ ގުޅުންހުރިނަމަ ގިނައިން ޕޮޒިޓިވްވާނީ ބިދޭސީން ނޫންތޯ؟

މާލެސިޓީގެ މިސްކިތްތަކުގައި މިހާރު ޖަމާޢަތުގައި ނަމާދުކުރާ މީހުންނަށްބަލާއިރު ގިނައީ ބިދޭސީންނެވެ. 

މިސްކިތްތައް އަލުން ހުޅުވައި ޖަމާޢަތުގައި ނަމާދުކުރަންފެށީންސުރެ މިހައިތަނަށް ބެލިނަމަވެސް ކޮންމެ ދުވަހަކުހެން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. ގިނަ ދުވަސްދުވަހު 60 އިންސައްތައަށްވުރެ ދިވެހިން ގިނައެވެ. މިއަދު 137 މީހުން ޕޮޒިޓިވްވިއިރުވެސް ޕޮޒިޓިވްވެފައިވަނީ 45 ބިދޭސީންނާއި 92 ދިވެހިންނެވެ. 

މުސައްލަ ހިފައިގެން ދަނީ ހަމައެކަނި ދިވެހިންގެ މަދުބައެކެވެ. ބިދޭސީއަކު މުސައްލަ ގެންދާތަން ވަރަށް ނުފެނެއެވެ. ބިދޭސީން ގިނައިން ވުޟޫކުރަނީވެސް މިސްކިތުންނެވެ. 

ހަމަ އެއާއިއެކު ފާހަގަކުރަންޖެހެނީ ރެސްޓޯރަންޓްތަކާ ކެފޭތަކުގައި ގިނަ ވަގުތު ހޭދަކުރަނީ ދިވެހިންކަމެވެ. 

މިއީ އެންމެންގެ ލޯމައްޗަށް ފެންނަން ހުރި ހަޤީޤަތެވެ. ވީމާ ޖަމާއަތުގައި ނަމާދުކުރުމާއި ކޮރޯނާ ވައިރަސް ފެތުރުމާއި ގުޅުވައިގެން ދައްކަމުން ގެންދާ ވާހަކަތަކާއި އެޗްޕީޢޭއިން ނެރޭ ރިސްކް އެސެސްމަންޓް ރިޕޯޓްތައް ޤަބޫލުކުރަން ދަތިތަކެއް އެބަހުރިކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން