ރައްޔިތުން ޖުރުމަނާކުރުމުގެ ކުރިން ކޮރޯނާއަށް ބިރުކަނޑުވާލި މަޖިލީހާމެދު ފިޔަވަޅު އަޅަން ޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ރައްޔިތުން ޖުރުމަނާކުރުމުގެ ކުރިން ކޮރޯނާއަށް ބިރުކަނޑުވާލި މަޖިލީހާމެދު ފިޔަވަޅު އަޅަން ޖެހޭ!

"ރައްޔިތުން އައީ އެޗްޕީއޭގެ އިލްތިމާސްތަކަށް ބޯލަނބަމުންނެވެ. އަޅާހައި ފިޔަވަޅަކަށް ތާއީދުކުރަމުންނެވެ. ކުރަން އަނގާހައިކަމެއް އައީ ކުރަމުންނެވެ."

"ލޮކްޑައުންގެ ޙާލަތުގައި މަގުމައްޗަށް ނުކުތުން ގިނަވީ މަޖިލީހުން އެޗްޕީއޭއަށް ގޮންޖެހުމުންނެވެ! ކޮރޯނާއަކީ ހަމަ އާދައިގެ ރޯގާއެއް ކަމަށާއި ބިރުން ގޭގައި ތިބެން ނުޖެހޭ ކަމަށް މަޖިލީހުގައި ވަކާލާތުކުރަން ފެށުމުންނެވެ. ޑޮކްޓަރުންނަށް ގޮންޖެހުމުންނެވެ! މަޖިލިސްކުރާ ގޭގައި ހިފާއޮޅުލަންފެށުމުންނެވެ."

"ދެން މިއަދު ޤަވާއިދުތަކެއް ހަދައި ރައްޔިތުން ޖުރުމަނާ ކުރާއިރު މަޖިލީހުން ކުރި ކަންކަމަށް ފިޔަވަޅު ނާޅަނީ ކީއްވެގެން ހެއްޔެވެ؟" 

މިއީ ހަމަ ރައްޔިތުންގެ ގިނަ ބައަކު ހާމަކުރަމުން ގެންދާ ޝުޢޫރުތަކެވެ. އިންޞާފަކަށް ވާނީ މިކަންކަން ވެސް ބަލައި ފިޔަވަޅު އަޅައިގެންކަމަށްވެސް ގިނަ ބައަކު ދެކެއެވެ.

މިއަދު އޮންލައިން