އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 32ސ
އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފި

އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު، 21 އޯގަސްޓް 2020 ގައި އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

މި އިވެންޓްގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެއްވުމަށް މި ލިންކަށް  http://ore.do/regstr  ޒިޔާރަތްކުރައްވާ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަ މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މި ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މުޅިން ހިލެއެވެ. ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް 27 އޯގަސްޓް 2020، ހަވީރު 6ގެ ކުރިން ރެޖިސްޓަރ ވެވޭނެއެވެ. އަތޮޅު ދުވުން ފުރިހަމަ ކުރާ ފަރާތްތަކަށް ވަރޗުއަލް މެޑަލެއް ލިބޭ އިރު، ފިސިކަލް މެޑަލް އަކަށް އަޕްގްރޭޑްކުރުމުގެ ފުރުސަތުވެސް ދުވުންތެރިންނަށް ލިބިގެންދާނެއެވެ.

އުރީދޫ އަތޮޅު ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެވޭގޮތަށް ރޭވިފައިވާ ފުރަތަމަ ވަރޗުއަލް ރަންއެވެ. އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި، މި ދުވުމަކީ، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ. 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ 5 ކިލޯމީޓަރުގެ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުން، އެބޭފުޅެއްގެ ގޭގައި ހުރެގެންވެސް ނުވަތަ ކައިރީގައިވާ ދުވާ ޓްރެކެއްގައިވެސް މި ދުވުން ފުރިހަމަކުރެވޭނެއެވެ.

ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަރމޭޝަން މެސެޖެއް ލިބިވަޑައިގަންނަވާނެއެވެ. ރެޖިސްޓަރކުރައްވާފައިވާ ދުވުންތެރިން، އެބޭފުޅެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބިވަޑައިގަންނަވާނެއެވެ.

އުރީދޫ އަތޮޅު ދުވުން ރޭވިފައިވާގޮތް

· އުރީދޫ ވެބްސައިޓް މެދުވެރިކޮށް އަތޮޅު ދުވުން ޕޯޓަލްގައި ރެޖިސްޓަރ ކުރައްވާ

· ރެޖިސްޓަރ ކުރައްވާއިރު، ދުވާ ސަރަހައްދު ކަނޑައެޅުމަށް އަތޮޅު ދުވުން ޕޯޓަލް އިން އަތޮޅު އަދި ރަށް ހިޔާރުކުރައްވާ

· 5ކޭ ދުވުން ފުރިހަމަ ކުރެއްވުމަށް، އުރީދޫ އަތޮޅު ދުވުމުން ރެކޮމެންޑްކޮށްފައިވާ އެޕްލިކޭޝަން ތަކުގެ ތެރެއިން އެޕްލިކޭޝަނެއް މެދުވެރިކޮށް ދުވުން ޓްރެކް ކުރައްވާ.

· ދުވުން ފުރިހަމަ ކުރެއްވުމަށް ފަހު ދުވުން ފުރިހަމަކުރި ރޫޓް ފެންނަގޮތަށް ސްކްރީން ޝޮޓެއް އަތޮޅު ދުވުން ޕޯޓަލް އަށް ސަބްމިޓް ކޮށްލައްވާ

އުރީދޫ މޯލްޑިވްސްގެ މި ވަރޗުއަލް ދުވުމުގައި ދިވެހިންނާއެކު އުރީދޫ ފުރިހަމަކުރި ކާމިޔާބު 15 އަހަރުގެ ރަމްޒެއްގެ ގޮތުގައި 20 އަތޮޅުން 20 ދުވުންތެރިން 15 ކިލޯމިޓަރ، ރާއްޖޭގެ އުތުރުން ދެކުނަށް ފުރިހަމަކުރާނެއެވެ. މީގެ އިތުރުން، 5 ކިލޯމީޓަރގެ ވަރޗުއަލް ދުވުމުގައި، ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން މަރުހަބާކިޔައެވެ.

މި ވަރޗުއަލް ދުވުމުގެ އިތުރު މަޢުލޫމާތު  https://www.ooredoo.mv/atholhu-dhuvun/މި ލިންކް އިން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިގެން ދާނެއެވެ.

މިއަދު އޮންލައިން