ރާއްޖެ އަންނަ ގިނަ އެއާލައިންތަކެއްގެ ޓިކެޓު ވިއްކަމުން ގެންދާ ވިލާ ޓްރެވަލްސް އާއި އިންޓަނޭޝަނަލް މަނީޓްރާންސްފާގެ ހިދުމަތް ދޭ ވެސްޓަން ޔޫނިއަން އާއިމާރާތަކަށް ބަދަލުކޮށް ހިދުމަތްދޭން ފަށައިފިއެވެ.
ވިލާ ޓްރެވަލްސް އާއި ވެސްޓަން ޔޫނިއަން މިހާރު ބަދަލުކޮށް ހިދުމަތްދެމުން އަންނަނީ މަޖީދީމަގުގައި ކުރިން ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހިންގި އިމާރާތަށެވެ.
ވިލާ ޓްރެވެލްސް އިން އެއާ އިންޑިއާ، ސްރީ ލަންކަން، ޗައިނާ އީސްޓާން، ޗައިނާ ސަދަން، ޝަންހާއީ އެއާލައިންސް، ހޮންގް ކޮންގް އެއާލައިން އަދި މެލޭޝިއާ އެއާލައިން ފަދަ ބޮޑެތި އެއާލައިންތަކުގެ ފްލައިޓްތަކަށް ޓިކެޓް ދަނީ ވިއްކަމުންނެވެ.