ހުޅުމާލޭ ޖަލުން ހަމީހަކު ކޯވިޑަށް ފޮޒިޓިވް ވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ހުޅުމާލޭ ޖަލުން ހަމީހަކު ކޯވިޑަށް ފޮޒިޓިވް ވެއްޖެ!

ހުޅުމާލޭ ޖަލުން ހަމީހަކު ކޯވިޑަށް ފޮޒިޓިވް ވެފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

މިކަމާގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވަނީ ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ފުރުވާލެވެންދެން ބޭތިއްބިފައިވާ ބިދޭސީންގެ ތެރެއިން 05 ބިދޭސީއަކާއި ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޛުކުރަމުން ދިޔަ ޤައިދީއެއް ކޯވިޑް-19 އަށް ފޮޒިޓިވެފައިވާކަމަށެވެ.

މިހާތަނަށް ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ތިބި 10 އޮފިސަރުންނާއި 19 ޑިޓެއިނީ އާއި ދެ ނަރުހުންގެ އިތުރުން އެއް ގައިދީއެއްގެ ސާމްޕަލް މިހާރު ނަަގާފައި ކަމަށް ވެސް ކަރެކްޝަނުން ބުނެފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް ޖަލުތަކުގައި މެދުކެނޑުމެއް ނެތި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ވަނީ ކަރެކްޝަންސް އިން ވަނީ ދީފައެވެ. 

 

މިއަދު އޮންލައިން