އެމޭޒަންގެ ފައުންޑަރ ޖެފް ދުނިޔޭގެ ފުރަތަމަ ދުއިސައްތައިން މަތީ ބިލިއަނަރަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
އެމޭޒަންގެ ފައުންޑަރ ޖެފް ދުނިޔޭގެ ފުރަތަމަ ދުއިސައްތައިން މަތީ ބިލިއަނަރަށް!

އެމޭޒަންގެ ފައުންޑަރ ޖެފް ބެޒޮސް ދުނިޔޭގެ ފުރަތަމަ ދުއިސައްތައިން މަތީ ބިލިއަނަރަށްވެ 202 ބިލިއަން ޑޮލަރުގެ ބިލިއަނަރަކަށްވެއްޖެއެވެ. މިއީ ބިލްގޭޓްސްގެ އެސެޓަށްވުރެ 78 ބިލިއަން ޑޮލަރު އިތުރު ޢަދަދެކެވެ.  

މިހާރުގެ އަންދާޒާތަކަށްބަލާއިރު 2026 ވަނަ އަހަރު ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރަށް ޖެފްވާނެއެވެ. 

އެމޭޒަން ކުންފުންޏަކީ ކޮރޯނާވައިރަސްގެ ސަބަބުން ގެއްލުން ނުވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. އެއީ ގޭގެއަށް ޑެލިވަރީކޮށްދޭތީއެވެ. ހަމަ އެއާއިއެކު އެމޭޒަންއިން ވަނީ ކޮރޯނާއަށް ވެކްސިނެއް ހޯދަން ކުރާ މަސައްކަތަށް 4 ބިލިއަން ޑޮލަރު ދޭނެކަން އިއުލާނުކޮށްފައެވެ.

މިއަދު އޮންލައިން