ލަންކާއާ ވާދަކުރަން ކޮޗިންގަ ހަދާ ޕޯޓު ވަރަގަދަކުރަން ގުޅިފަޅު ޕޯޓް އިންޑިއާއިން ގަނެލަނީ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ލަންކާއާ ވާދަކުރަން ކޮޗިންގަ ހަދާ ޕޯޓު ވަރަގަދަކުރަން ގުޅިފަޅު ޕޯޓް އިންޑިއާއިން ގަނެލަނީ؟

ޗައިނާއިން ސްރީލަންކާގައި ތަރައްޤީކޮށްފައިވާ ޕޯޓާއި ވާދަކުރަން އިންޑިއާއިން ކޮޗިންގައި ތަރައްޤިކުރާ ޕޯޓަށް އޮތް އެންމެ ބޮޑު ހުރަހަކަށްވެގެންދާނީ ރާއްޖޭގައި ރަނގަޅުފެންވަރުގެ ޕޯޓެއް ތަރައްޤީކުރުމެވެ. 

ހއވގައި ޓްރާންސިޓް ޕޯޓެއް ތަރައްޤީކުރަން އުޅުމުންވެސް ކެތްނުކުރެވެނީ ހަމަ އެކަމާއިހުރެއެވެ. މިހާރު އަޑުއިވެނީ ގުޅިފަޅުގައި ތަރައްޤީކުރާ ޕޯޓް. އިންޑިއާގެ ޖީއެމްއާރު ކުންފުނިން މާލޭ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގުމުގެ ނަމުގައި އަތުލައިގަތްގޮތަށް އިންޑިއާގެ އެހެން ކުންފުންޏަކުން ގުޅިފަޅުޕޯޓް އަތުލައިގަންނަ ކަމުގެ ވާހަކަތަކެވެ. މިކަމުގެ ފައިލްތަކާއި ރިޝްވަތު ބޮނޑިތައް ހިފައިގެން ކޮންމެވެސް ރާޖޫއަކު ދެކޮޅަށްދުވާ ވާހަކައެވެ. 

ރާއްޖޭގެ ޕޯޓް މިހައިތަނަށް ތަރައްޤީކޮށްފައިވަނީ ދިވެހިރައްޔިތުންގެ ފައިސާއިންނެވެ. ޕޯޓްއޮތޯރިޓީއަށް ލިބޭ ފައިދާއިނެނެވެ. އެވަރުން މަދުވާބައި ފޫބައްދަނީ ލޯނުނަގައިގެންނެވެ. 

ސުވާލަކީ އެމްޑީޕީއަށް ވެރިކަމުގެ ބާރުލިބޭއިރަށް ކޮންމެ ފަހަރަކު އެއާޕޯޓާއި ސީޕޯޓާއި މިނޫންވެސް ރާއްޖޭގެ މުހިންމު ދޮރާށިތައް، އަދި ދައުލަތަށް ފައިސާ ލިބޭނެކަން ޔަޤީންކުރެވޭ މަގުތައް، ރާއްޖޭގެ ސަލާމަތާއި ރައްކައުތެރިކަމާއި ގުޅިފައިވާ ތަންތަން އިންޑިއާއަށް މިވިއްކަނީ އެކަންކުރުމުން އެކަން ކުރާބައެއްގެ ޖީބަށް ކިހައިވަރެއް ވަންނާތީބާވައެވެ!

މިއަދު އޮންލައިން