އެމްޓީސީސީ ބޯޓު ޔާޑު މިމަހު ވިހި ވަނަދުވަހު އަލުން ހުޅުވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
އެމްޓީސީސީ ބޯޓު ޔާޑު މިމަހު ވިހި ވަނަދުވަހު އަލުން ހުޅުވަނީ!

އެމްޓީސީސީ ބޯޓު ޔާޑު މިމަހު ވިހި ވަނަދުވަހު ކަސްޓަމަރުންނަށް އަލުން ހުޅުވާލާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ކޮރޯނާވައިރަހާއި ގުޅިގެން ބޯޓު ޔާޑުގެ ހިދުމަތް އާންމުންނަށް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލަން ނިންމީ މިކަމަށް ވާންޖެހޭ ތައްޔާރީތައްވެ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަށް ވެސް އެޅުމަށްފަހު ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ތިލަފުށީގައި ޤާއިމްކޮށް އެމްޓީސީސީ އިން ހިންގަމުންދާ ބޯޓްޔާޑަކީ ރާއްޖޭގައި ޑޮކިންގް ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޯޓްޔާޑެވެ.

އެމްޓީސީސީ ބޯޓް ޔާޑުންދޭ ހިދުމަތްތަކުގެ ތެރޭގައި އެއާބޭގް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑޮކްކުރުމުގެ ހިދުމަތާއި ބޯޓް ހޮއިސްޓް، ސްލިޕްވޭ، ބޯޓް ޓްރެއިލަރ އާއި ވެލްޑިންގް، މެޓަލް ފެބްރިކޭޝަން، މެރިން އިންޖިނިއަރިންގް، އިލެކްޓްރިކަލް މަސައްކަތް، މެޝިނިންގް ، ފައިބަރުގެ މަސައްކަތް އަދި ވަޑާމުގެ މަސައްކަތް ހިމެނެއެވެ.

މިއަދު އޮންލައިން