އަދީބުގެ 7 ދައުވާ އަލުން ބެލުމަށް ހައި ކޯޓުން އަމުރުކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 7ސ
އަދީބުގެ 7 ދައުވާ އަލުން ބެލުމަށް ހައި ކޯޓުން އަމުރުކޮށްފި

ކްރިމިނަލް ކޯޓުން ބޭރުކޮށްލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާ އަލުން އެ ކޯޓުން ބެލުމަށް ހައި ކޯޓުން އަމަރު ކޮށްފިއެވެ.

ހައިކޯޓުން މިއަދު ނިންމި ނިންދމުމުގައި ވަނީ  އަދީބުގެ  މައްޗަށް އުފުލާފައިވާ 7 ދައުވާކްރިމިނަލް ކޯޓުން ބާތިލް ކޮށްފައިވަނީ ރަނގަޅު އިޖުރާއަތްތަކެއްގެ މައްޗަށް ނޫން ކަމަށާއި އެ 7 ދައުވާ އަލުން ކްރިމިނަލް ކޯޓުން ބެލުމަށެވެ.  އަދި އަމުރާއެކު އަދީބުގެ ބަންދަށް 15 ދުވަސް ވަނީ ހައި ކޯޓުން ދީފައެވެ.

ކްރިމިނަލް ކޯޓުން ބޭރުކޮށްލި އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާ އަކީ ހިޔާނާތް ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރައްވެއްވުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.

މި މައްސަލަތައް ބޭރުކޮށްލުމުގެ އެއް ސަބަބެއް ކަމަށް ކްރިމިނަލް ކޯޓުން ކުރިން ބުނެފައިވަނީ އަދީބާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތުން ހެދީ ގޯސްކޮށް ކަމަށް ބުނެއެވެ. 

މިމައްސަލައިގައި އަދީބު ބުނެފައވަނީ މިމައްސަލަތައް ބަލުމުގެ އިހުލާސްތެރިކަމާއި ގާބިލުކަން މިސަރުކާރުގައި އެބައޮތް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެއްބާރުލުން ދޭނެކަމަށެވެ.

 

މިއަދު އޮންލައިން