"މޫލީ އާޓް ކޮންޓެސްޓު" ގެ ނަމުގައި ކުދަކުދިންްނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް އުރީދޫ އިން ފަށައިފިއެވެ.
މިމަހުގެ ނިޔަލަށް ބާއްވާ މި ކުރެހުމުގެ މުބާރާތުގައި ކުރަހަން ޖެހެނީ އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ "މޫލީ"ގެ ކުރެހުމެކެވެ. އަދި ކުރެހުން ހުށަހަޅަން ޖެހޭނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށެވެ. މިހާރުވެސް ގިނަ ކުދިންތަކެއް ދަނީ މި މުބާރާތުގައި ބައިވެރިވެ ކުރެހުން ތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

މި ކުރެހުމުގެ މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 5-12 އަހަރާ ދެމެދުގެ ކުދިންނަށެވެ. އަދި އެ ކުއްޖެއްގެ ބެލެނިވެރިޔަކު ލައްވައި ކުރެހުމުގެ ފޮޓޯ ނަގައި #MyMoolee ބޭނުންކޮގެން ފޭސްބުކް ނުވަތަ އިންސްޓަގްރާމުގައި ޕޯސްޓު ކުރަން ޖެހޭނެއެވެ.
މިމުބާރާތުގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 އަށެވެ.