މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އަހަރީ އާންމު ޖަލްސާ ބާއްވައި ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "ފަހިވޯޓް" މެދުވެރިކޮށް ބޭއްވި އެ ޖަލްސާގައި 42 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ. ކުންފުނީގެ ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްވީ ވޯޓުގައި ބައިވެރިވި 95 ޕަސެންޓް ހިއްސާދާރުންގެ ވޯޯޓާއެކު އެވެ.
މިޖަލްސާގައި ވަނީ އެމްޓީސީސީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރަކަށް، ގއ. ވިލިނގިލި، ހެޕީނައިޓް، ނަސްރަތު މުހައްމަދު އައްޔަން ކޮށްފައެވެ. މީގެ އިތުރުން އެމްޓީސީސީގެ ބޯޑަށް އާ ޑިރެކްޓަރުން ވެސް މިއަދުގެ ޖަލްސާގައި ވަނީ އައްޔަންކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެމްޓީސީސީގެ ބޯޑަށް އައްޔަންކޮށްފައިވަނީ ޗެއާމަން މުހައްމަދު ފަހީމް، ސީއީއޯ އާދަމް އާޒިމް، އެގްޒެކެޓިވް ޑިރެކްޓަރު ޝާހިދު ހުސައިން މޫސާ، ސިނާން އަލީ އަދި މުހައްމަދު ފަރީދު އެވެ.
2019 ވަނަ އަހަރު އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 53.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.